ވެމްކޯގެ މުވައްޒަފަކު މަސައްކަތުގައި -- ފޮޓޯ: ވެމްކޯ
ހަބަރު
13 Aug 2024 | 18:57
ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަގުމައްޗަށް ކުނި ނުނެރުމަށް ވެމްކޯއިން އެދިއްޖެ

މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެމުންދާ ކުނީގެ ޚިދުމަތަށް ބުރޫ ނާރާނެހެން އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި މަގުމައްޗަށް ކުނި ނުނެރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ވެމްކޯއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވެމްކޯއިން ކުނި ނެގުމަށް ގޭގެއަށް ދާ މުވައްޒަފުންނަށް ފަސޭހައިން ކުނި ނެގޭނެ ގޮތަށް ބެހެއްޓުމަށާއި މަގުމައްޗަށް ކުނި ނުނެރެ ބެހެއްޓުމަށެވެ. އަދި އެއްވެސް ގޭބިސީއަކުން ކުނި ނުގެންދެވިހުރިކަމުގައިވިޔަސް މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުއްވައިގެން އެމައްސަލައެއް ހައްލުކުރުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ހޯއްދަވާއިރު އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެމްކޯގެ މުވައްޒަފުންގެ އިރުޝާދުތަކަށް ސަމާލުވުމަށްވެސް އެ ކުންފުނީގެ ޕޯސްޓުގައި އެދިފައިވެއެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭސިޓީއަށްވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މާލޭގެ ގިނަ މަގުތަކުގައި ފެން ބޮޑުވެފައިވާއިރު މަގުމައްޗަށް ކުނި ނެރެފައި ބަހައްޓާނަމަ ވާރޭއާއެކު މަގުތަކަށް ކުނިތައް ފެތުރި، މަގުތައް ތަޣައްޔަރުވެ، ބަލިތައް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މިނިސްޓްރީތަކާއި މާލޭސިޓީ ކައުންސިލްގެ މެންބަރުން ގުޅިގެން ދަނީ ކުރަމުންނެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެމްއެންޑީއެފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހަރަކާތްތެރިވަމުންދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.