ޓެންސަރ ޗިޕް ހިމެނޭ ފުރަތަމަ އިއާބަޑްސް - ގޫގުލްގެ ޕިކްސެލް ބަޑްސް ޕްރޯ 2 -- ފޮޓޯ: ގޫގުލް
ދުނިޔެ
13 Aug 2024 | 22:17
ގޫގުލްގެ ޕިކްސެލް ބަޑްސް ޕްރޯ 2 ތަޢާރަފުކޮށްފި

ޓެންސަރ ޗިޕް ހިމެނޭ ފުރަތަމަ އިއާބަޑްސްގެ ގޮތުގައި ގޫގުލްގެ ޕިކްސެލް ބަޑްސް ޕްރޯ 2 ތަޢާރަފުކޮށްފިއެވެ. 

2022 ވަނަ އަހަރު ނެރުނު ފުރަތަމަ ޖީލުގެ ޕިކްސެލް ބަޑްސް ޕްރޯއާ އަޅާބަލާއިރު، މި އައު މޮޑެލް ވަނީ އެތެރެއާއި ބޭރު ވެސް އަލުން ފަރުމާކޮށްފައެވެ. ގޫގުލްއިން ބުނާ ގޮތުގައި 45 މިލިއަނަށްވުރެ ގިނަ ކަންފަތުގެ ސްކޭން ޑޭޓާ ބޭނުންކޮށްގެން ވަނީ އޭގެ ބޭރުގެ ބައި އަލުން ފަރުމާކޮށްފައެވެ. މިގޮތުން، މި އައު މޮޑެލް ވަނީ ކުރީގެ މޮޑެލްއަށްވުރެ 27 އިންސައްތަ ކުޑަކޮށް، 1.5 ގްރާމް ލުއިކޮށްފައެވެ.

ޕިކްސެލް ބަޑްސް ޕްރޯ 2ގައި ހިމެނޭ ޓެންސަރ އޭ1 ޗިޕްގެ ސަބަބުން އޯޑިއޯ ޕްރޮސެސްކުރުމާއި ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެވޭނެ ކަމަށް ގޫގުލްއިން ބުނެއެވެ. މި ޗިޕްގެ ސަބަބުން އަޑުގެ ބާރުމިނަށްވުރެ 90 ގުނަ އަވަހަށް އޯޑިއޯ ޕްރޮސެސް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ކުރީގެ މޮޑެލްއަށްވުރެ ދެ ގުނަ ގިނައިން ބޭރުގެ އަޑުތައް ބްލޮކްކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަޑުގެ ފެންވަރު ރަނގަޅުކުރުމަށް 11 މިލިމީޓަރުގެ ޑްރައިވަރެއް ބޭނުންކޮށްފައިވާ ކަމަށް ގޫގުލްއިން ބުނެއެވެ. މީގެ އިތުރުން ޕިކްސެލް ޓެބްލެޓް ނުވަތަ ޕިކްސެލް 6 އަދި އޭގެ ފަހުގެ ފޯނުތަކާއެކު ބޭނުންކުރާނަމަ ސްޕޭޝަލް އޯޑިއޯއާއި ހެޑް ޓްރެކިންގ ފީޗަރ ވެސް ލިބޭނެއެވެ.

އިތުރު ފީޗަރތަކުގެ ތެރޭގައި ފައިންޑް މައި ޑިވައިސަސް ނެޓްވޯކާ ގުޅޭގޮތަށް ހަދާފައިވުމާއި، އެހެން ޕިކްސެލް ސާމާނުތަކާއެކު އޮޓޮމެޓިކުން ސްވިޗްވުމާއި، ބްލޫޓޫތު އެލްއީ އޯޑިއޯ ހިމެނެއެވެ.

މީގެ ބެޓަރީ ދެމިހުންނާނެ ކަމަށް ގޫގުލްއިން ބުނަނީ ނޮއިޒް ކެންސެލޭޝަން އޮންކޮށްގެން ނަމަ 8 ގަޑިއިރު ކަމަށެވެ. އަދި (އޮފްކޮށްގެން 12 ގަޑިއިރު) ކަމަށެވެ. މިއީ ކުރީގެ މޮޑެލްއަށްވުރެ 1 ގަޑިއިރު އިތުރުވުމެކެވެ.

ޕިކްސެލް ބަޑްސް ޕްރޯ 2 ލިބެން ހުންނާނީ ޕޯސެލެއިން (ޓެން)، ހޭޒަލް (ގްރޭ)، ވިންޓަރގްރީން (ގްރީން) އަދި ޕިއޯނީ (ޕިންކް) ކުލަތަކުގައި 229 ޑޮލަރަށެވެ. މިއީ ކުރީގެ މޮޑެލްއަށްވުރެ 29 ޑޮލަރު ބޮޑު އަގެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.