ހެކަރުންގެ ހަމަލާތައް ދުނިޔޭގައި އިތުރުވަމުންދާކަން ފާހަގަކުރެވޭ --
ދުނިޔެ
13 Aug 2024 | 22:53
ދުނިޔޭގެ އެންމެ ބޮޑު އެއް ރަނުގެ މައިނިން ކުންފުންޏަށް ރޭންސަމްވެއާގެ ބޮޑު ހަމަލާއެއް ދީފި

އޮސްޓްރޭލިއާގެ އެންމެ ބޮޑެތި ރަން މައުދަންތައް ކޮނުމުގެ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނިކަމަށްވާ އިވޮލިއުޝަން މައިނިންގ ލިމިޓެޑް އަށް ބޮޑު ރޭންސަމްވެއަރ ހަމަލާއެއް ދީފައިވާ ކަމަށް އެ ކުންފުނިން އިއުތިރާފުވެއްޖެއެވެ.

އިވޮލިއުޝަން މައިނިންގއިން ބުނާ ގޮތުގައި މި ހަމަލާ އެންމެ ފުރަތަމަ ފާހަގަކުރެވިފައިވަނީ 2024 ވަނަ އަހަރުގެ އޯގަސްޓް 8 ވަނަ ދުވަހުއެވެ. މި ހަމަލާ ފާހަގަކުރެވުމާ ގުޅިގެން ބޭރުގެ ފޮރެންސިކް މާހިރުން ގެނެސް، މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި އޯގަސްޓް 12 ވަނަ ދުވަހު މި މައްސަލައާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މި ހަމަލާ މިހާރު ވަނީ ފުރިހަމައަށް ކޮންޓްރޯލްކުރެވިފައި ކަމަށެވެ.

ކުންފުނީގެ މަސައްކަތްތަކަށް އެއްވެސް ބޮޑު އަސަރެއް ކޮށްފައިނުވާ ކަމަށް ބުނެފައިވާ ނަމަވެސް، ހަމަލާ ދިން ފަރާތުން އެއްވެސް މުހިންމު މަޢުލޫމާތެއް ވަގަށް ނަގާފައިވޭތޯ އަދި ސާފުވެފައެއް ނުވެއެވެ. ކުންފުނިން ބުނެފައިވަނީ މި ހަމަލާއާ ގުޅޭ ގޮތުން އޮސްޓްރޭލިއާގެ ސައިބަރ ސެކިއުރިޓީ ސެންޓަރަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ރޭންސަމްވެއަރ ގްރޫޕަކުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ.

އިވޮލިއުޝަން މައިނިންގ އަކީ އޮސްޓްރޭލިއާއާއި ކެނެޑާގައި ގިނަ ރަން މައުދަންތަކެއް ހިންގާ ކުންފުންޏެކެވެ. 2011 ވަނަ އަހަރު އުފެއްދި މި ކުންފުންޏަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑެތި ރަން އުފައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. މި ކުންފުނީގެ ރަން މައުދަންތަކުގައި 280،000 ކިލޯގްރާމަށް ވުރެ ގިނަ ރަން ހުރި ކަމަށް ބެލެވެއެވެ.

މި ހަމަލާގެ ކުރިން، 2024 ވަނަ އަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގެ އަނެއް ބޮޑު މައުދަންތައް ކޮނުމުގެ ކުންފުންޏެއް ކަމަށްވާ ނޯދަން މިނެރަލްސްއަށް ވެސް ވަނީ ސައިބަރ ހަމަލާއެއް ދީފައެވެ. އެ ހަމަލާ ދިނީ ޗައިނާގެ ބިއަންލިއަން ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.