ބަންލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
14 Aug 2024 | 12:07
ހަސީނާއާ ދެކޮޅަށް މަރުގެ ތަހްގީގެއް ފަށައިފި

ބަންގްލަދޭޝްގެ ދާޚިލީ ހަމަނުޖެހުންތަކުގައި ފުލުހުން މީހަކު މަރާލި މައްސަލާގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ދެކޮޅަށް މަރުގެ ތަހުގީގެއް ފަށައިފިއެވެ.

މި މައްސަލަ ހުށަހެޅީ ވިޔަފާރިވެރިއެއް ކަމަށްވާ އާމިރު ހަމްޒާއެވެ. މައްސަލަ ހުށަހެޅީ ޖުލައި މަހު، މަގުމަތިން ދަނިކޮށް ބޮލަށް ބަޑި ޖަހައި މަރާލި، ފިހާރައެއްގެ ވެރިޔާ އަބޫ ސައީދާގެ މަރުގެ މައްސަލައާއި ގުޅިގެންނެވެ.

އަދި މީގެއިތުރުން، ޖުލައި މަހުގެ 19 ވަނަ ދުވަހު ދަރިވަރުން ސުލްހަވެރި އިހުތިޖާޖެއް ކުރަމުން ދަނިކޮށް ފުލުހުން އެއްވެ ތިބި މީހުންނާ ދިމާލަށް ބަޑި ޖަހާފައިވާ ކަމަށް ތުހުމަތުކުރެވޭކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ހަސީނާއާ ދެކޮޅަށް މައްސަލަ ހުށަހެޅި މީހާގެ ވަކީލު، މަމޫން މިޔާ ވިދާޅުވީ ޑާކާގެ ކޯޓަކުން ވަނީ ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް ހުށަހެޅި މަރުގެ އެ މައްސަލަ ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

ވެރިރަށް ޑާކާގައި ހަފުތާތަކެއް ވަންދެން ހިނގި ނުރައްކާތެރި ހަމަނުޖެހުންތަކާ ގުޅިގެން ކުރީގެ ސަރުކާރުގެ އިސް ހަ ބޭފުޅެއްގެ މައްސަލަ ވެސް ބަލަމުން ދާކަމަށް ބަންގްލަދޭޝްގެ މީޑީއާތަކުން ރިޕޯޓުކުރެއެވެ.

ހަސީނާ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހަފްތާގައެވެ. އިސްތިއުފާ ދެއްވުމަށްފަހު އިންޑިއާއަށް ހަސީނާ ވަނީ ފިއްލަވައިފައެވެ.

އެއަށްފަހު، އެކަމަނާއާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ތަހުގީގެއް ހިންގުމަށް ވަނީ ހަސީނާ ގޮވާލައްވާފައެވެ.

ބަންގްލަދޭޝްގައި ހަފްތާތަކެއް ވަންދެން ކުރިއަށްދިޔަ ދަރިވަރުންގެ މުޒާހަރާތަކުގައި 400 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ފުލުހުންގެ ވަޒަނުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.