ޢައްބާސް އާއި އުރުދުޣާންގެ ބައްދަލު ކުރެއްވުން -- ފޮޓޮ: އަނަޑޯލު
ދުނިޔެ
14 Aug 2024 | 22:26
ފަލަސްޠީނުގެ ރައީސް އައްބާސް ތުރުކީގެ ރައީސް އުރުދުޣާނާ ބައްދަލުކުރައްވައިފި

ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ބުދަ ދުވަހު ތުރުކީގެ ވެރިރަށް އަންކާރާއަށް ވަޑައިގެން، އެގައުމުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އާ ބައްދަލުކުރައްވައިފިއެވެ.

ދެ ރައީސުން ބައްދަލުކުރެއްވީ އަންކާރާގައި ހުންނަ ރިޔާސީ ގަނޑުވަރުގައެވެ. މި ބައްދަލުވުމަކީ ނޫސްވެރިންނަށް ބަންދު ބައްދަލުވުމެކެވެ.

ރައީސް އައްބާސް ބުރާސްފަތި ދުވަހު ތުރުކީގެ ޕާލަމެންޓުގައި ވާހަކަފުޅު ދައްކަވާނެއެވެ. މިއީ ފަލަސްޠީނުގެ މައްސަލައަށް އެއްބާރުލުން ދިނުމަށް ބޭއްވޭ ޚާއްޞަ ޖަލްސާއެކެވެ.

މި ޖަލްސާގައި ރައީސް އައްބާސް އިސްރާއީލުން ފަލަސްޠީނުގެ ސަރަޙައްދުތަކަށް، ޚާއްޞަކޮށް ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ. މި ވާހަކަފުޅު އިނގިރޭސި، ތުރުކީ އަދި ފަރަންސޭސި ބަހަށް ތަރުޖަމާ ކުރެވޭނެއެވެ.

ރައީސް އުރުދުޣާން މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން، ފަލަސްޠީނަށް އެންމެ މަތީ ފެންވަރުގެ އެއްބާރުލުން ދެއްވާކަން ހާމަވެގެންދާނެއެވެ.

ރައީސް އައްބާސްގެ ދެ ދުވަހުގެ ދަތުރުފުޅުގައި، ފުރަތަމަ ދުވަހު ރައީސް އުރުދުޣާނާ ބައްދަލުކުރައްވާ، ދެވަނަ ދުވަހު ޕާލަމެންޓުގައި ވާހަކަފުޅު ދެއްކެވުން ހިމެނެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވަނިކޮށް، އިސްރާއީލުން މިކަމާ ޚިލާފުވެ، ޣައްޒާއަށް އަނިޔާވެރި ހަމަލާތައް ދެމުން ގެންދާތީ، ބައިނަލްއަޤްވާމީ މުޖުތަމައުގެ ފާޑުކިޔުންތަކާ އިޒްރޭލަށް ކުރިމަތިލާންޖެހިފައިވެއެވެ. 

ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި މިހާތަނަށް ފަލަސްތީނުގެ 40،000 އާ ގާތްކުރާ އަދަދެއްގެ ރައްޔިތުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 92،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އިސްރާއީލުގެ ހަނގުރާމަ ފެށި 10 މަސް ފާއިތުވެގެން ގޮސްފައިވާއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ވީރާނާވެފައެވެ. މީގެ އިތުރުން ކާބޯތަކެތި، ސާފު ފެން އަދި ބޭސްފަރުވާގެ ތަކެތި ލިބުން ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.