ލައިފްސްޓައިލް
15 Aug 2024 | 07:43
ބަނޑުގައި ވައި ހެދޭ ނަމަ ސަމާލުކަންދޭންވީ މިކަންކަމަށް!

ގޭސްޓްރައިޓިސް ނުވަތަ ބަނޑުގެ ވައި ހެދުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ އުދަނގުލެކެވެ. އެކަމުން ސަލާމަތްވުމަށާ، އެކަމަށް ފަރުވާ ކުރުމަށް ޑޮކްޓަރީ ބޭހުގެ އިތުރުންވެސް ކުރެވޭނެ ގިނަ ކަންކަން ހުރެއެވެ. އެގޮތުން، ކެއުމުގައި ކަންކަމަށް ސަމާލުވެ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެންވެސް ގޭހުގެ އުނދަގޫ ކުޑަކުރެވިދާނެއެވެ. އެހެންކަމުން، މި އާޓިކަލްގައި ބަލާލާނީ ގޭހުގެ އުނދަގުލުން ސަލާމްވުމަށް ކުރެވުދާނެ ބައެއް ކަންކަމަށެވެ. 

ކެއުމަށް ބަދަލު ގެނައުން

1. ގޭސް އުފައްދާ ކާނާއިން ދުރުހެލިވުން: ގޭހުގެ އުނދަގޫ އެންމެ ބޮޑަށް ކުރިމަތިވާ އެއް ސަބަބަކީ ކައިބޮއި އުޅޭ ތަކެއްޗެވެ. އެގޮތުން، ތެޔޮ ގިނަ ކާނާ އަދި ތެލުލި ހެދިކާ ފަދަ ތަކެއްޗާއި، ފިޒީ ޑްރިންކްސްއާއި، ހަވާދު އަދި މިރުސް ފަދަ ތަކެތީގެ އިތުރުން ފޯކަކީވެސް ބަނޑުގައި ވައި ހެދުމަށް މަގުފަހިލުރުވާ ކާނާއެވެ. އެހެންކަމުން، ކައިބޮއި ހަދާއިރު އެތަކެތިން، ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

މީގެ އިތުރުން ފާހަގަކޮށްލަންޖެހޭ ކަމަކީ، އެކި މީހުން އާއްމުކޮށް ގޭސް ވަނީ އެކި ތަކެތި ކެއުމުން ކަމެވެ. އެހެންކަމުން، އެމީހަކު ގޭސްވާ ތަކެތި ދެނެގަނެ އެތަކެތިން ދުރުހެލިވުމަކީ މުހިންމު ކަމެކެވެ. 

2. މަޑުމަޑުން ކެއުން: މާ އަވަހަށް ކެއުމަކީވެސް، ގޭސްވުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، ކާއިރު ކާއެއްޗެހި ރަނގަޅަށް ހަފައިގެން ލަސްލަހުން ކާށެވެ.

3. ކުޑަ މިންވަރެއް ކެއުން: ކައި ވަގުތު ތަކުގައި ބަނޑުފުރެންދެން ގިނައިން ކެއުމުގެ ބަދަލުގައި، ގިނަ ވަގުތު ތަކަށް ބަހާލައިގެން، ކޮންމެ ވަގުތަކުވެސް ކުޑަ އެތިކޮޅެއް ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށްވާ ބުރަ ކުޑަކޮށްދެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން

1. ގަވާއިދުން ކަސްރަތުކުރުން: ޖިސްމާނީ ހަރަކާތްތެރިކަމަކީ ހަޖަމުކުރާ ނިޒާމުގެ ތެރެއިން ގޭސް ބޭރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ކެއުމަށްފަހު ވަގުތުން އޮށޯވުމުގެ ބަދަލުގައި، އޭގެ އިރުކޮޅެއް ފަހުން، ކުޑަކޮށް ހިނގާލުމަކީ ވެސް ފައިދާ ކުރާނެ ކަމެކެވެ އެވެ. އަދި އެއާއެކު ގަވާއިދުން ކަސްރަތު ކުރުމަކީވެސް ގޭހުން ސަލާމަތް ކޮށްދޭނެ ކަމެކެވެ.

2. ގިނައިން ފެން ބުއިން: ގިނައިން ފެން ބުއިމަކީ ހަޖަމުކުރުމުގެ ނިޒާމު އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭ ކަމެކެވެ.

3. ޗުއިންގަމް އާއި ސްޓްރޯ މެދުވެރިކޮށް ބުއިމުން ދުރުހެލިވުން: މިދެކަމުގެ ސަބަބުން ގޭސް އުފެދުމަށް މަގުފަހިކޮށްދެއެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް

1. ޕެޕަމިންޓް ސައި:  ޕެޕަރމިންޓް، އިނގުރު، އަދި ކެމޮމައިލް ސައިތަކަކީ ހަޖަމުކުރުމުގެ ނިޒާމަށް ލުއިކޮށްދީ ގޭސް މަދުކޮށްދޭ އެއްޗެކެވެ.

2. ޕްރޮބަޔޮޓިކްސް: މި ފައިދާހުރި ބެކްޓީރިއާތަކަކީ ގޮހޮރުގެ ފްލޯރާ ބެލެންސްކޮށް ގޭސް އުފެއްދުން މަދުކުރުމަށް އެހީތެރިވެދޭ ބެކްޓީރިއާތަކެކެވެ. ލައިވް ކަލްޗަރސް ނުވަތަ ޕްރޮބަޔޮޓިކް ސަޕްލިމެންޓްތަކާއެކު ޔޯގަޓް ބޭނުންކުރުމަކީ ގޭހުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އިސްލާމީ ނަޒަރިއްޔާއަކުން

ކެއިންބުއިމުގައި ސަމާލުވުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. އެގޮތުނަ، މިންހެޔޮ ކެޔުމެއް ކެއުމާއި، މާގިނައިން ކެއުމުން ދުރުހެލިވުމުގެ އިތުރުން، ލަސްލަހުން ރަނގަޅަށް ހަފައިގެން ކެއުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމަ އަހަރެމެންނަށް އިރުޝާދު ދެއްވާފައިވަނީ، މެދުމިނުގައި ކެއުމާއި ބަނޑުގެ ތިންބައިކުޅަ އެއްބައި ކެއުމަށް ބެހެއްޓުމަށެވެ. އެނެއް ތިންބައިކުޅަ އެއްބައި ޚާއްޞަ ކުރަން ޖެހެނީ ބޯ ފެނަށެވެ. ބާކީ ހުރި ތިންބައިކުޅަ އެއްބައި ބަހައްޓަން ޖެހެނީ ހުސްކޮށެވެ. މިއީ ފުއްޕާމޭގެ މައްސަލަ ތަކާއި ހަޖަމުކުރުމުގެ އެހެނިހެން މައްސަލަތަކުން ރައްކާތެރިވުނަށް އެހީތެރިވެދޭ ކަމެކެވެ.

ކާނާއަށް ބަދަލު ގެނައުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ގެންގުޅުމަކީ ބަނޑުގެ ވައި އުފެދުމުގެ މައްސަލަ މަދުކުރެވޭނެ ކަމެކެވެ. ނަމަވެސް ރަނގަޅު ނުވެ ގިނަ ދުވަސްވާނަމަ، ނުވަތަ ހާލަތު ގޯސްވެއްޖެނަމަ އަބަދުވެސް ސިއްހީ ދާއިރާގެ ޕްރޮފެޝަނަލަކާ މަޝްވަރާ ކުރުމަށް ވިސްނާށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.