ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޓް -- ފޮޓޯ: ވޯލްސްޓްރީޓް
ދުނިޔެ
15 Aug 2024 | 20:28
ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޓް މަޢާފަށް އެދިވަޑައިގެންފި

ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޓް ގޫގުލްގެ މުވައްޒަފުންގެ މަސައްކަތުގެ ވަގުތާ ބެހޭގޮތުން ސްޓޭންފޯޑް ޔުނިވަރސިޓީގައި ދެއްކެވި ވާހަކަފުޅުތަކަށް މަޢާފަށް އެދިވަޑައިގެންފިއެވެ. އޭނާ މަޢާފަށް އެދިވަޑައިގަތީ ގޭގައި ތިބެގެން މުވައްޒަފުން މަސައްކަތްކުރުމުގެ ގޫގުލްގެ ސިޔާސަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ފަހުގައެވެ.

ވޯލް ސްޓްރީޓް ޖާރނަލަށް ފޮނުއްވި އީމެއިލެއްގައި ޝްމިޓް ވިދާޅުވެފައިވަނީ ގޫގުލްއާއި އެ ކުންފުނީގެ މަސައްކަތުގެ ވަގުތުތަކާ ބެހޭގޮތުން އޭނާ ދެއްކެވި ވާހަކަތައް ރަނގަޅު ނޫންކަމަށެވެ. އޭއީ އޭނާއަށް އޮޅުމަކުން ދެކެވުނު ވާހަކަތަކެއް ކަމަށްބުނެ އެކަމާ ހިތާމާ ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.  

ސްޓޭންފޯޑްގައި އޭނާ ދެއްކެވި ވާހަކަފުޅުގައި ޝްމިޓް ވިދާޅުވެފައިވަނީ ގޫގުލްއިން މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ވަގުތު ހަމަހަމަކޮށް ބެހެއްޓުމަށާއި ގޭގައި މަސައްކަތްކުރުމަށް އިސްކަންދިނުމުގެ ސަބަބުން އެ ކުންފުނިން މުވައްޒަފުންގެ އުފެއްދުންތެރިކަމަށް ދޭންޖެހޭ ސަމާލުކަން ދެވިފައިނުވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އެހެން ކުންފުނިތަކަށްވުރެ ގޫގުލް ފަހަތަށް ޖެހިފައިވާ ކަމަށެވެ.

ނަމަވެސް މިހާރު ޝްމިޓް ވަނީ އޭނާ ދެއްކެވި ވާހަކަފުޅުތަކާމެދު ހިތާމަކުރައްވާ، އެ ވީޑިއޯ ނައްތާލުމަށް އެދިވަޑައިގެންފައެވެ.

ޝްމިޓްގެ ޚިޔާލުފުޅުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ ލީޑަރުންގެ ޚިޔާލުތަކާ އެއްގޮތް ކަންތައްތަކެކެވެ. ޚާއްޞަކޮށް ޓެކްނޮލޮޖީ ދާއިރާގެ ކުންފުނިތަކުން ވަނީ ގޭގައި މަސައްކަތްކުރުމާއި ހައިބްރިޑް މަސައްކަތުގެ މާހައުލުގެ ސަބަބުން އުފެއްދުންތެރިކަމަށް ކުރާ އަސަރުތަކާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރު ގިނަ ކުންފުނިތަކުން ވަނީ ހަފްތާއަކު ތިން ދުވަހު އޮފީހަށް ނުކުތުމަށް ލާޒިމްކޮށްފައެވެ.

އެހެންނަމަވެސް، އެމެރިކާއާއި ކެނެޑާގެ ގޫގުލްގެ 1,000 އެއްހާ މުވައްޒަފުން ތަމްސީލުކުރާ އެލްފަބެޓް ވޯކަރސް ޔޫނިއަންއިން ބުނެފައިވަނީ ގޭގައި މަސައްކަތްކުރުމުގެ ސަބަބުން އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރެއް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި މުވައްޒަފުން މަދުވުމާއި، އަމާޒުތައް ބަދަލުވަމުންދިއުމާއި، ވަޒީފާތަކުން ވަކިކުރުމާއި، މުސާރަ އުނިކުރުވުމާއި، މެނޭޖްމަންޓުން މަޝްރޫޢުތަކަށް އެކަށީގެންވާ ސަމާލުކަން ނުދިނުން ފަދަ ކަންކަމުގެ ސަބަބުން އުފެއްދުންތެރިކަމަށް އަސަރުކުރާ ކަމަށެވެ.

މިއަހަރުގެ ފެށުނީއްސުރެ ގޫގުލްއިން ވަނީ 8 ފަހަރެއްގެ މަތިން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. މީގެ ކުރިން ވޭތުވެދިޔަ އަހަރުވެސް 12,000 މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.