މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގުމޫސުމުގެ ވިއްސާރަ ---
ހަބަރު
15 Aug 2024 | 22:45
މޫސުން އަދިވެސް ގޯސް: ރާއްޖޭގެ އުތުރު ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުމޫސުމުގެ ވިއްސާރަ އަދިވެސް މަޑުނުވާތީ މުސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރު ސަރަޙައްދަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ އޮފީހުން މިއަދު (15 އޮގަސްޓް 2024) ރާއްޖޭގެ އުތުރު ސަރަޙައްދަށް ރީނދޫ ސަމާލެއް ނެރެފައިވާއިރު، މި ސަމާލު ދެމިއޮންނާނީ މިރޭ 11:00 އިން ފެށިގެން މެންދަމުން އަލިވެ 3:00 އާ ހަމައަށެވެ.

މިރޭ ނެރުނު ސަމާލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވައި ގަދަވެ، ކަނޑު ގަދަވުމުގެ ފުރުސަތު އޮތްކަމަށް ބެލެވެއެވެ. މި ސަރަޙައްދުތަކުގައި ވައި 28 އިން 35 މޭލުގެ ބާރުމިނުގައި ޖެހޭނެ ކަމަށާއި، ވައިގެ ބާރުމިން ވަގުތުން ވަގުތަށް 50 މޭލާ ހަމައަށް އިތުރުވެދާނެ ކަމަށް ލަފާކުރެވެއެވެ. އަދި މި ސަބަބާ ގުޅިގެން ކަނޑު ވަރަށް ބޮޑަށް ގަދަވެ، ރާޅު ބޮޑުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

https://x.com/MetMaldives/status/1824137301007667652

މޫސުމާ ބެހޭ އޮފީހުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ މި މުއްދަތުގެ ތެރޭގައި ކަނޑު ދަތުރުތައް ކުރާއިރު ވަރަށް ބޮޑަށް ސަމާލުވުމަށެވެ. އަދި ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި ނޫނީ ކަނޑު ދަތުރުތައް ނުކޮށް ފަސްކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، އާންމު ރައްޔިތުންނާއި މަސްވެރިންނަށް މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.

މޫސުމާ ބެހޭ އޮފީހުން އިތުރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އަދި ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް އެ އޮފީހުގެ ރަސްމީ ޗެނަލްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.