ކަދުރު
ލައިފްސްޓައިލް
16 Aug 2024 | 09:59
ކޮންމެ ދުވަހަކުވެސް ތިން ކަދުރު ކާންވީ މިހެންވެ!

ޞިއްޙަތާއި ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު، ބައެއްފަހަރު އެންމެ އާދައިގެ ކާނާއިން އެންމެ ބޮޑު ފައިދާ ކުރެއެވެ. ކަދުރު ރުކުގެ މޭވާ ކަމުގައިވާ ކަދުރަކީ މިފަދަ ތަކެތީގެ ތެރެއިން އެއް އެއްޗެވެ. ޒަމާންތަކެއް ވަންދެން ކަދުރުގެ ރަހަ ރަނގަޅުކަމާއި ޠަބީޢީ މީރުކަމަށްޓަކައި އަގުހުރި އެއްޗެއްގެ ގޮތުގައި ބެލެވިފައިވީ ނަމަވެސް، އޭގެ ފައިދާތައް ހަމައެކަނި ރަހައާ ހަމައިން ނުނިމެއެވެ. ކޮންމެ ދުވަހަކު ތިން ކަދުރު ކެއުމުން ލިބޭ ގިނަގުނަ ޞިއްޙީ ފައިދާތައް އެނގުމުން ބައެއް މީހުން ހައިރާންވެސް ވެދާނެއެވެ.

ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކުރުމަށް އެހީވެދޭ

ކޮންމެ ދުވަހަކު ކަދުރު ކެއުމުގެ އެންމެ ފާހަގަކޮށްލެވޭ ފައިދާތަކުގެ ތެރެއިން އެއް ފައިދާއަކީ ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމެވެ. ކަދުރުގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިފައިވާތީ، އޭގެ ސަބަބުން ކަދުރަކީ ގުދުރަތީ ލެކްސެޓިވްއެއްގެ ގޮތުގައި މަސައްކަތްކޮށް، ހަޖަމުކުރުމަށް އެހީވެދީ އަދި ބަނޑު ހަރުވުމުގެ މައްސަލަ ހައްލު ކުރުމަށް އެހީވެއެވެ.

Advertisement

ހަކަތައިގެ މިންވަރު އިތުރުވުން

ގުދުރަތީގޮތުން ހަކަތަ އިތުރުކުރަން ބޭނުންވޭތަ؟ ކަދުރަކީ އޭގެ އެންމެ ރަނގަޅު ޙައްލެވެ. އޭގައި ހިމެނޭ މަތީ މިންވަރެއްގެ ކާބޯހައިޑްރޭޓާއި، ގްލޫކޯސް، ފްރުކްޓޯސް އަދި ސުކްރޯސް ފަދަ ގުދުރަތީ ހަކުރުތަކާއެކު، އެއީ އަވަހަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ލިބޭ ރަނގަޅު މަސްދަރެކެވެ. ޖާނަލް އޮފް ދަ އިންޓަނޭޝަނަލް ސޮސައިޓީ އޮފް ސްޕޯޓްސް ނިއުޓްރިޝަންގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ކަސްރަތުކުރުމުގެ ކުރިން ކަދުރު ކެއުމުން ޕަރފޯމަންސްއާއި ބުންވަރު އިތުރުވެއެވެ.

ހިތުގެ ދުޅަހެޔޮކަމަށް އެހީވެދޭ

ހިތުގެ ސިއްޙަތު ދުޅަހެޔޮކޮށް ބެހެއްޓުމަކީ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. އަދި ކަދުރަކީ ހިތް ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަދުރުން ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ހިތުގެ ބަލިތަކަށް މީހާ ހުށަހެޅުމުގެ ފުރުސަތު ކުޑަކުރެއެވެ. ޖާނަލް އޮފް އެގްރިކަލްޗަރަލް އެންޑް ފުޑް ކެމިސްޓްރީގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން، ކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުން އެލްޑީއެލް ކޮލެސްޓްރޯލް އޮކްސިޑައިޒްވުން ހުއްޓުވުމަށް އެހީތެރިވެދާނެއެވެ. ކޮލެސްޓްރޯލް އޮކްސިޑައިޒް ވުމަކީ ލޭހޮޅިތަކުގައި ޕްލާކް އުފައްދައި ބައްދާލުމަށް މަގުފަހިވާ ކަމެކެވެ.

ސިކުނޑިއަށް ވެސް ނުހަނު ފައިދާކުރޭ

ސިކުނޑިއަށް ބޭނުންވަނީ ފައިދާހުރި ކާނާގެ ރަނގަޅު އެހީތެރިކަމެކެވެ. އަދި ކަދުރަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކުރުމަށް އެހީވެދޭ އެއްޗެކެވެ. ނާރުތަކުގެ މަސައްކަތްތަކަށް ކޮންމެހެން ބޭނުންވާ ޕޮޓޭސިއަމްއިން މުއްސަނދި ކަދުރުން ސިކުނޑީގެ ދުޅަހެޔޮކަމާއި ހަނދާން ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ. އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިޢުކުރެވުނު ދިރާސާއަކުން ދައްކައިދެނީ ކަދުރު ފަދަ ޕޮޓޭސިއަމްއިން މުއްސަނދި ކާނާއިން ސްޓްރޯކްގެ ނުރައްކާ ކުޑަކޮށް، އުމުރުން ދުވަސްވުމުން ކުރިމަތިވާ ސިކުނޑީގެ ބަލިތަކުން ރައްކާތެރިވެވިދާނެކަމެވެ.

ކަށީގެ ވަރުގަދަކަން ދެމެހެއްޓުމަށް އެހީތެރިވެދޭ

އުމުރުން ދުވަސްވަމުންދާއިރު، ވަރުގަދަ އަދި ދުޅަހެޔޮ ކަށިތަކެއް ދެމެހެއްޓުމަކީ އިތުރަށް މުހިންމުވާ ކަމެކެވެ. ކަދުރަކީ ކެލްސިއަމް، ފޮސްފަރަސް އަދި މެގްނީޒިއަމް ފަދަ މައުދަނީ ތަކެތީގެ ޤުދުރަތީ މަސްދަރެކެވެ. މި ހުރިހާ އެއްޗަކީވެސް ކަށީގެ ދުޅަހެޔޮކަމަށް މުހިންމު އެއްޗެހިއެވެ. ޖާނަލް އޮފް އެތްނޯފާމަކޮލޮޖީގައި ޝާއިޢުކުރެވުނު ދިރާސާއަކުން ހުށަހަޅާގޮތުގައި އާންމުކޮށް ކަދުރު ކެއުމުން ބޯންލޮސް ވުން ހުއްޓުވައި، އޮސްޓިއޯޕޮރޯސިސްގެ ނުރައްކާ ކުޑަކުރެވިދާނެއެވެ.

ލޭގައި ހުންނަ ހަކުރުގެ މިންވަރު ރެގިޔުލޭޓް އެހީތެރިވެދޭ

ގިނަ ބަޔަކު ދެކޭގޮތާ ޚިލާފަށް، ހަކުރުބަލީގެ ބަލިމީހުންނަށްވެސް ބެލެންސްކުރެވިފައިވާ ކާނާގެ ތެރެއަށް ކަދުރު ހިމެނިދާނެއެވެ. ކަދުރަކީ ޠަބީޢީގޮތުން މީރު އެއްޗެއް ނަމަވެސް، އޭގެ ގްލައިސެމިކް އިންޑެކްސް ދަށެވެ. މާނައަކީ ކަދުރު ހަޖަމުވެ ހަށިގަނޑަށް ބޭނުންކުރެވެނީ ލަހުންކަމާއި، އޭގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދަނީ މަޑުމަޑުންކަމެވެ. ޖާނަލް އޮފް މެޑިސިނަލް ފުޑްގައި ޝާއިޢުކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި ހަކުރުބަލީގެ ބަލިމީހުންގެ ކެއުމުގެ ޕްލޭނަށް ކަދުރު އިތުރުކުރުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ރަނގަޅަށް ކޮންޓްރޯލްކުރެވި، ލިޕިޑް ޕްރޮފައިލްތައް ރަނގަޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.