ސައިނަސްގެ އުނދަގޫވެފައި އިން މީހެެއް: ފޮޓޯ/ އިންޓަނެޓް
ލައިފްސްޓައިލް
16 Aug 2024 | 10:44
ސައިނަސް އިންފެކްޝަނުގެ އަލާމާތްތަކަށް ގޭގައި ދެވިދާނެ ފަރުވާ

ސައިނަސް އިންފެކްޝަންގެ ނަމުން ވެސް ނަންދެވިފައިވާ ސައިނަސައިޓިސް އަކީ ސައިނަސްތަކުގެ ތެރޭގައިވާ ޓިޝޫ ދުޅަވުމުން ދިމާވާ ކަމެކެވެ. މި ބަލީގައި ދިގުދެމިގެންދާ ނުވަތަ ސީރިއަސް އަލާމާތްތައް ފެނުމުން އަބަދުވެސް ސިއްހީ ދާއިރާގެ ޕްރޮފެޝަނަލެއްގެ ލަފާ ހޯދުމަކީ ރަނގަޅު ކަމެއް ނަމަވެސް، ސައިނަސައިޓިސްގެ އަލާމާތްތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ ގޭގައި ކުރެވިދާނެ ބައެއް ފަރުވާތައް އެބަހުއްޓެވެ. އެގޮތުގެ މަތިން ގޭގައި ބޭނުންކުރެވޭ ބައެއް ފަރުވާތައް ތިރީގައި މިވަނީއެވެ.

1. ސްޓީމް އިންހެލޭޝަން

ސްޓީމް އިންހެލޭޝަން އަކީ ނޭފަތުގެ މަގުތައް ހުޅުވި މިޔުކަސް ތޮއްޖެހުން ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ފެން ކައްކާލުމަށްފަހު ތައްޓަކަށް އަޅާށެވެ. ތަށީގެ މައްޗަށް މޫނަށް އާވިއަރާގޮތަށް ފޭސް ކުރުމަށްފަހު ތުވާލިން ބޯ ނިވާކޮށްލުމަށްފަހު ގާތްގަނޑަކަށް 10-15 މިނެޓް ވަންދެން އާވި އަރުވާލާށެވެ.

2. ސެލައިން ނޭސަލް ސްޕްރޭ

ސެލައިން ނޭސަލް ސްޕްރޭ ކުރުމަކީ މީޔުކަސް ސާފުކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ބޭސްފިހާރައަކުން ސެލައިން ސްޕްރޭއެއް ގަނެގެން ނުވަތަ އަމިއްލައަށް ހަދައިގެން ވެސް ބޭނުން ކިރެވިދާނެއެވެ. އަމިއްލައަށް ސެލައިން ސޮލިޔުޝަން ހެދުމަށް 1 ސައިސަމުސާ ލޮނު 2 ތަށި ޑިސްޓިލްޑް ފެނާއި އެއްކޮށްލާށެވެ. މި ސޮލިއުޝަން ނޭފަތަށް ސްޕްރޭ ކުރާށެވެ.

3. ހައިޑްރޭޝަން

ރަނގަޅަށް ހައިޑްރޭޓް ވެފައި ހުރުމަކީ މިޔުކަސް ބޭރުކުރަން ފަސޭހަކޮށްދޭ ކަމަކަށްވާއިރު ގިނައިން ފެނާއި، ޕެޕަމިންޓް ސައި، ފަދަ ތަކެތި ބުއިމަކީ އެކަމަށް މުހިންމު ކަމެކެވެ.

4. ހޫނު ކޮމްޕްރެސް

ހޫނު ކޮމްޕްރެސް ކުރުމަކީ ސައިނަސްގެ ސަބަބުން ދިމާވާ ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ސާފު ފޮތިގަނޑެއް ތާފަނާ ފެނަށްލައި ތެންމާލުމަށްފަހު، ފެލާލާށެވެ. ދެން، ނޭފަތާއި ނިތްކުރިމަތީގައި ގާތްގަނޑަކަށް 10-15 މިނެޓް ވަންދެން ޕެޓް ކުރާށެވެ. ނޫނީ ބައްވާލާށެވެ. ދުވާލަކު އެތައް ފަހަރަކު ތަކުރާރު ކުރާށެވެ.

5. މާމުއި އާއި ލުނބޯ

މާމުއިގައި ގުދުރަތީ އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކެއް ހުންނައިރު، ލުނބޯގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވާއިރު، މިއީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ އެއްޗެކެވެ.

ތާފަނާ ފެން ތައްޓަކަށް މޭޒުމަތީ ސަމުސާ މާމުއި އާއު 1/2 ލުނބޯގެ ޖޫސް އެއްކޮށްލާށެވެ. މި މިކްސްޗަރ ދުވާލަކު ދެފަހަރު ބޯށެވެ.

6. އިނގުރު ސައި

އިނގުރުގައި އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީތަކެއް ހުރުމުން ސައިނަސް އިންފްލެމޭޝަން ކުޑަކުރުމަށް އެހީތެރިވެދެ އެވެ.

ތާޒާ އިނގުރު ފެން ފޮދެއްގައި 10 މިނެޓް ވަންދެން ކައްކާށެވެ. ކެކުމުން ތައްޓަކަށް އަޅާލައި އެއަށް މާމުއި ކޮޅެއް އަޅާލާށެވެ. މި ސައި ދުވާލަކު 2-3 ފަހަރު ބޯށެވެ.

7. ކަދުރު

ކަދުރުގައި އެންޓި-އިންފްލެމެޓަރީ އަދި އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް އެކުލެވޭ ކަރކިއުމިން އެކުލެވިގެންވެއެވެ.

ހޫނު ކިރު ތައްޓަކަށް ސައިސަމުސާ ކަދުރު ޕައުޑަރ އަޅާފައި ނިދުމުގެ ކުރިން ބޯށެވެ.

8. އަރާމުކުރުން

އެކަށީގެންވާ އަރާމުކުރުމަކީ ހަށިގަނޑު ރަނގަޅުވެ، އިންފެކްޝަންތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ނިދި ހަމަ ކުރުމާއި، ބޯ އުފުލާލައިގެން ނިދުމަކީ ސައިނަސްތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން، އެނދުގެ ބޮލާވީ ފަރާތް ހިއްލާލައިގެން ނިދިދާނެއެވެ. 

މި ގޭގައި ފަރުވާ ދިނުމުން ސައިނަސައިޓިސް އިން ލުއި ލިބޭއިރު، އަލާމާތްތައް ދެމިއޮތްނަމަ ނުވަތަ ގޯސްވެއްޖެނަމަ ސިއްހީ ދާއިރާގެ ޕްރޮފެޝަނަލެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. މި ފަރުވާތަކާއި މެޑިކަލް ލަފާ އެއްކޮށްލުމުން ސައިނަސައިޓިސް މެނޭޖްކުރެވިގެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.