ވަޒީރު ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ވަޑައިގަތުން -- ފޮޓޯ: މިނިސްޓްރީ
ހަބަރު
17 Aug 2024 | 17:04
ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ޑރ. މާރިޔާ ޗައިނާއަށް ވަޑައިގެންފި

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ޗައިނާއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި، ޑރ. މާރިޔާ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ. މީގެ ތެރޭގައި ޔުނިވާސިޓީގެ ޕްރެޒިޑެންޓް ޕްރޮފެސަރ ޔޫ ޖިއޮންޖް އާއި، ވައިސް ޕްރެޒިޑެންޓް ޕްރޮފެސަރ ޖޯ ޒުއޮޔު، އަދި ސްމާޓް ލާރނިންގ އިންސްޓިޓިއުޓްގެ ވައިސް ޑީން ހިމެނެއެވެ.

މީގެއިތުރުން، ޑރ. މާރިޔާ "ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައި" ގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި "ޑިވެލޮޕްމަންޓް އެންޑް ޔޫސް އޮފް ޑިޖިޓަލް ޓެކްސްޓް ބުކް" ފޯރަމްގައިވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރެވޭ ދަތުރުފުޅެކެވެ. އަދި ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތައް އިތުރުކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ބައެއްކަމުގައިވެސް ފާހަގަކުރެވެއެވެ.

ކޮމެންޓް
ާދަމަނަ
މާރިޔާ ރަގަޅަށް ބުރުގާ އެޅުމަށް ނަސޭޙަތްތެރިވަން.
17 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.