މ. ރަބީއުވިލާ --- ފޮޓޯ: ވޮއިސް
ހަބަރު
17 Aug 2024 | 19:35
ޑްރަގް އެޑިކްޓުންގެ އައްޑާއަކަށް ބަދަލުވެފައިވާ މ. ރަބީއުވިލާ ތަޅާލަން ފަށައިފި

މާލޭގައި ފަޅަށް ހުންނަ ގެއެއް ކަމަށްވާ އަދި ފަހުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް ބަދަލުވެފައިވާ މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށައިފިއެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މަސައްކަތް ފެށީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެގުމަކަށް، އެ މަނިކުފާނުގެ އެންގެވުމުގެ މަތިންނެވެ. މި މަސައްކަތް ކުރަނީ ޕަބްލިކް ވަރކްސްއިންނެވެ.

ފަސް ފަންގިފިލާގެ މި ގެއަކީ ވަރަށް ގިނަ ދުވަސްވީ ބާ އިމާރާތެކެވެ. މި ގެ ހުރީ މީހުން ދިރިއުޅެން ހެޔޮނުވާވަރަށް ބައުވެފައެވެ. އެގޮތަށް ހުއްޓައި މިއަހަރުގެ އޭޕްރީލް މަހު މި ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެ، އިތުރަށް ގެއްލުން ލިބުނެވެ.

މެއި މަހު ވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވެސް މި ގެއިން ފެނިފައެވެ. އެ މީހާ މަރުވީ ޑްރަގް އޯވަޑޯސްވެގެން ކަމަށް ބެލެވެއެވެ.

ރަބީޢުވިލާ ތަޅާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ...

މާލޭގައި ފަޅަށް ހުންނަ ބާ އިމާރާތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް ފާހަގަކުރެވެއެވެ. މިފަދަ ގެތަކުގައި އަލިފާނުގެ ހާދިސާތައް އެކި ފަހަރު މަތިން ހިނގާފައިވެއެވެ.

ރައީސް މުއިއްޒު ވަނީ މިދިޔަ ހަފުތާގައި މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، މާލޭގައި މިގޮތަށް ފަޅަށް ދޫކޮށްލައިފައި ހުރި ބާ އިމާރާތްތައް އަވަހަށް ތަޅާލުމަށް ބޭނުންވާ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ރަބީޢުވިލާ...

ރަބީއުވިލާ ތަޅާލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ރައީސް ނިންމެވުމުގެ މައިގަނޑު ސަބަބަކީ އެ ގެ ހުރި ހާލަތުން އެ ސަރަހައްދުގައި އުޅޭ މީހުންނާއި އެ ގެ ހުންނަ ތަނުން ދަތުރުފަތުރުކޮށް އުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. ސަރުކާރުން އެ ގެ ތަޅާލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ނިންމީ، އެ ގޭގެ ވެރިފަރާތުގެ އެދުމުގެވެސް މަތިންނެވެ. އެ ގެ ތަޅާލެވޭހާ ތަނަވަސްކަން ގޭގެ ވެރިފަރާތުގެ ނެތުމުން ރައީސްގެ އަރިހުން އެކަމަށް އެދިފާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ސަޖޯ
މިއީ މާމޮޅު ގޮތެއްނު އިމާރާތް ބާވެ ތަޅާލަން ބޭނުނަ ވީމަ ޕާޓީ އަށް ކުޑަ ލާރިކޮޅެއް ދިނީމަ ލިސްޓު ގަޖަހައިގެން ސަރުކާރުގެ ހަރަދުގަ އިމާރަތް ތަޅާލަދޭނެ ހިލޭ އާދައިގެ ރައްޔިތުން ފެލައިގެން އެލާރިވެސް ހޯދަނީ
17 Aug 2024
ފަޅޯ
ތިހެން ތަޅާލަންޖެހޭ ކިތަންމެ ގެޔެ އެބަހުރި
18 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.