ޕެރަލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ދެ އެތުލީޓުންނަށް ރަސްމީކޮށް ޖާރޒީ ކުރުން -- ފޮޓޯ: މިނިސްޓްރީ
ހަބަރު
18 Aug 2024 | 17:52
ޕެރިހުގެ ޕެރަލިމްޕިކްސްގައި ވާދަކުރާނެ ދިވެހި އެތުލީޓުންނަށް ޖާރޒީ ހަވާލުކޮށްފި

ފްރާންސްގެ ވެރިރަށް ޕެރިހުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރަލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ދެ އެތުލީޓުންނަށް ރަސްމީކޮށް ޖާރޒީ ހަވާލުކޮށްފިއެވެ.

ޕެރަލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާނީ ފާތިމަތު އިބްރާހިމް (ފާތުން) އާއި އަބްދުއްރައްޒާޤެވެ. މި ދެ އެތުލީޓުންނަށް ޖާރޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ދެ އެތުލީޓުންނަށް ޕެރަލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިވަނީ ރާއްޖޭގެ ރޭންކިންގެ އެންމެ ކުރީގައި އޮތް ދެ ދުވުންތެރިންނަށް ވާތީއެވެ. މި ދެ ދުވުންތެރިން ވަނީ ދާދިފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑު ގޭމްސްގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، 2021 ވަނަ އަހަރު ޖަޕާނުގައި ބޭއްވުނު ޕެރަލިމްޕިކްސްގައި ފާތުން ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. އެއީ ރާއްޖޭގެ އެތުލީޓުން އެންމެ ފުރަތަމަ ވާދަކުރި ޕެރަލިމްޕިކްސް ގޭމްސް އެވެ. އޭރު ދުވުމުގެ އިވެންޓްގައި ވާދަކޮށް ފާތުން ވަނީ ރޭސް ނިންމައި، ޕެރަލިމްޕިކް ގޭމްސްއެއްގައި ރޭހެއް ނިންމި ރާއްޖޭގެ ފުރަތަމަ އެތުލީޓަށް ވެފައެވެ.

މީގެއިތުރުން މަޑަގަސްކަރުގައި އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ފާތުން ވަނީ ރާއްޖެއަށް ބްރޮންޒް މެޑަލް ހޯދައިދީފައެވެ.

ރައްޒާގު އެންމެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ. އޭނާ ވަނީ މި މުބާރާތުން ބްރޮންޒް މެޑަލް ހޯދާފައެވެ.

ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ރައްޒާގު އާއި އޭނާގެ ކޯޗިން ޓީމު ތިބީ ހުޅުމާލޭގައި ކޭމްޕްކޮށްގެންނެވެ. މި ދެ ދުވުންތެރިން ފްރާންސަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.