އެހީ ޖަމިއްޔާއަކީ އިޖްތިމާޢީ ކަންކަމުގައި މިފަދައެހީތައް ފުޅާދާއިރާއެއްގައި ވެދޭ ޖަމްޢިއްޔާއެއް --
ހަބަރު
18 Aug 2024 | 22:54
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ފެން ޕަމްޕަކާއި 15 ސޭފްޓީކިޓް އެހީ ޖަމިއްޔާއިންދީފި

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ފެން ޕަމްޕަކާއި 15 ފަސްޓް ރެސްޕޮންޑަރސް ސޭފްޓީ ކިޓްސް އެހީޖަމިއްޔާއިން ހަވާލުކޮށްފިއެވެ. މި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު އެ އޮތޯރިޓީގައެވެ.

މި ތަކެތި ހަވާލުކުރުމާ ގުޅިގެން އެހީޖަމިއްޔާގެ ފަރާތުން ވިދާޅުވީ މިއީ އެ ޖަމިއްޔާގެ އެހީ ޓީމަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ތަކެތީގެ ސަބަބުން ގަދަ ވިއްސާރައާ ގުޅިގެން އެ އޮތޯރިޓީން ހިންގަވާ އެމަޖެންސީ ރެސްޕޮންސް ހަރަކާތްތަކަށް ލުޔެއް ލިބިގެންދާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

އެހީޖަމިއްޔާގެ ފަރާތުން އިތުރަށް ވިދާޅުވީ މިފަދަ ކުއްލި ހާލަތްތަކުގައި އެހީތެރިވުމަކީ ހަމައެކަނި އެއް ފަރާތެއްގެ ޒިންމާއެއް ނޫން ކަމަށާއި، މިއީ އެންމެންގެވެސް މަސައްކަތެއް ކަމަށެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ފަރާތުން މި އެހީއަށް ޝުކުރު އަދާކުރައްވައި، މިފަދަ އެހީތަކަކީ އެ އޮތޯރިޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެހީތެރިކަން ލިބެމުންދާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
މިފްކޯ އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވަނީ
މިފްކޯ އިން ސިޓީތަކާއި އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއޯއޯ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގައި ވަނީ އަތޮޅުތެރޭގެ ފުރަތަމަ އައުޓްލެޓް ހުޅުވައިފައެވެ.
29 Jun 2026
ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.
29 Jun 2026
ބަކިންގަމް ގަނޑުވަރުގައި ރަސްގެފާނު ނޫޅުއްވާނެ
ބަކިންގަމް ގަނޑުވަރުގެ 10 އަހަރުގެ މަރާމާތު 2025 ގައި ނިމުމުން ވެސް ޗާލްސް ރަސްގެފާނު ކުރީގެ އާވާހަކައަށް ކްލެރެންސް ހައުސްގައި ދިރިއުޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ހާމަކުރައްވައިފި
29 Jun 2026
ސަޢޫދީ ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި އެންމެން ނިޔާވެއްޖެ
ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
29 Jun 2026
އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ
29 Jun 2026
ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.