މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު ދިވެހި މުޖުތަމަޢުގައި އޮތް ނުރައްކާތެރި ވަބާއެއް --
ހަބަރު
18 Aug 2024 | 23:21
މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު އަންގައިދޭ ދިރާސާއެއް ހަދަނީ

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އޮތް މިންވަރާއި ބޭނުންކުރާ މީހުންގެ އަދަދު ދެނެގަތުމަށް ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ދިރާސާއެއް ހެދުމަށް ނިންމައިފިއެވެ.

އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި އެންޑީއޭގެ މަސައްކަތްތަކާއި ފަރުވާގެ ނިޒާމު ބައްޓަންވެފައިވާ ގޮތާ ބެހޭގޮތުން ވާހަކަ ދައްކަވަމުން  އެންޑީއޭގެ ވައިސް ޗެއާޕާސަން އިސްމާއިލް ޒާހިރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައިގެ ހާލަތު އަންގައިދޭ ދިރާސާއެއް އެންމެ ފަހުން ހަދައިފައިވަނީ 2011 ވަނަ އަހަރު ކަމަށެވެ.

އަލަށް ހަދާ މި ދިރާސާއިން މައިގަނޑު ގޮތެއްގައި ބަލަން ބޭނުންވަނީ ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދާއި، އެ މީހުންގެ އުމުރުފުރައާއި، ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ މި މަޢުލޫމާތުތައް އެކި އިދާރާތަކުގައި ހުރި ނަމަވެސް، ދިރާސާއެއްގެ ގޮތުގައި އެއް ތަނަކުން މަޢުލޫމާތު މިހާރު ފެންނަން ނެތް ކަމަށެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް، އެންޑީއޭ އަދި ޑްރަގް ކޯޓުގައި ހުރި މަޢުލޫމާތުތައް ބޭނުންކޮށްގެން ހާލަތު ދެނެގަތުމުގެ ދިރާސާއެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފައެވެ.

މި ދިރާސާއަށްފަހު، ފަރުވާގެ ނިޒާމު ކުރިއަށް ގެންދިއުމަށް ދެން ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ބަލައި، ދިރާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޓަކައި ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖެއަށް 500 ގްރާމަށްވުރެ އިތުރަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ މަރުގެ އަދަބު ކަމަށް ކަނޑައަޅައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ބިލެއް ހޯމް މިނިސްޓްރީން ވަނީ ޑްރާފްޓްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.