މަންކީ ޕޮކްސް ޖެހިފައިވާ މީހެއް
ހަބަރު
19 Aug 2024 | 12:21
އެމްޕޮކްސްއަށް ޓެސްޓު ކުރުމާއި ފަރުވާ ދިނުމަށް އެޗްޕީއޭއިން ތައްޔާރުވާން ފަށައިފި

މަންކީޕޮސްކް (އެމްޕޮކްސް) ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށާއި އެ ބައްޔަށް ޓެސްޓު ކުރުމާއި ފަރުވާ ދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މި ބަލި އެކި ގައުމުތަކުގައި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން އަންނަނީ މި ބަލީގެ ހާލަތު މޮނީޓާކޮށް ރާއްޖެއަށް އެމްޕޮކްސް އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ އިތުރުން މި ބައްޔަށް ސިއްހީ ހިދުމަތްތެރިން ހޭލުންތެރިކުރުވާ ސަވެއިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް އެޗްޕީއެން ކުރަން ފަށާފައިވާ ކަމަށް ބުނެފައިވެއެވެ.

މިމަހު 14 ވަނަ ދުވަހު، ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވަނީ އެމްޕޮކްސް އަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި، އިއުލާންކޮށްފަ އެވެ. މިފަދައިން އިއުލާން ކޮށްފައުވަނީ، އެ ބައްޔަކީ ކުރިން އެފްރިކާ ބައްރުގައި އޮތް ބައްޔެއް ނަމަވެސް މިހާރު ބަލީގެ އައު ސްޓްރެއިން އެއް ފެނި، އަދި އެހެން ގައުމު ތަކަށް ބަލި ފެތުރެމުންދާތީއެވެ.  

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގެ 99،000 އަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު 208 މީހުން މި ބަލީގައި މަރުވެފައިވެ އެވެ.

މި ވައިރަލް އިންފެކްޝަން ހަލުވިކަމާއެކު ފެތުރެމުންދާ ކޮންގޯއާއި ކައިރީގައިވާ އެހެން ގައުމުތަކަށް މިހާރު މި ބަލި ފެތުރިފައިވާ ކަމަށް އެފްރިކާ ސެންޓާސް ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ) އިން ބުނެފައި ވެއެވެ. 1970 ވަނަ އަހަރު މި ބަލި އެންމެ ފުރަތަމަ އިންސާނެއްގެ ގައިން ފެނިފައިވަނީވެސް ކޮންގޯއިން ނެވެ.

މި ބަލީގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާއްމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމަކުން ކަމުގައި ވީނަމަވެސް އެހެނިހެން ގޮތް ގޮތުންވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. 

އެގޮތުން ބަލިޖެހިފައުވާ މީހާގެ ހަމުގައި ހުންނަ ބިހި ތަކުގައި، ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން، ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓް ފަދަ ތަކރތީގައި ޖެހުމުން އަދި ނޭވާލާ ނިޒާމުގެ ޒަރީޢާއިން ނުވަތަ ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓއ ވުމުން ބަލި ޖެހެއެވެ. 

މަންކީ ޕޮކްސްގެ އަލާމާތްތަކަކީ ލިމްފް ނޯޑްސް ދުޅަވެ، ގަދައަށް ހުން އައުމާއި މުޅި ގައިގައި ދޮސް ބިހިި ނެގުމެވެ. މި ބަލި ޖެހޭ ބައެއް މީހުން މަރުވުން އެކަށީގެންވެ އެވެ. އަދި މިއީ މާބަނޑު މީހުންނާއި ކުޑަކުދިންނާއި ހައި ރިސްކް ފަރާތްތަކަށް ނުރައްކާތެރި ބައްޔެކެވެ. މިއީ ގައިންގަޔަށްވެސް އަރާ ބައްޔެކެވެ.

މި ބަލި ޖެހޭ މީހުންނަށް ބަލީގެ އަސަރުތައް 2 ހަފްތާއާއި 4 ހަފްތާގެ ނިޔަލަށް ތަޖުރިބާ ކުރެވޭނެ އެވެ.

މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް ފެންނަ އަލާމާތްތަކަށް ފަރުވާ ދެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.