މިނިސްޓާރ އޮފް ހެލްތް ޑރ.ޢަބުދުﷲ ޚަލީލު ---
ހަބަރު
19 Aug 2024 | 23:08
ފްލެޓްގަތީ މީގެ 5 އަހަރުކުރިން ބޭންކުން ލޯނެއް ނަގައިގެން: ވަޒީރު ޚަލީލު

ފްލެޓްގަތީ މީގެ 5 އަހަރުކުރިން ބޭންކުން ލޯނެއް ނަގައިގެން ކަމަށް ސިއްޙީކަންކަމާބެހޭ ވަޒީރު ޑރ.ޚަލީލު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ ހުޅުމާލެ އެފްޑަބްލިއު ރެސިޑަންސްއިން ގަތް 3.1 މިލިއަން ރުފިޔާގެ ފްލެޓު ގަތީ މީގެ ފަސް އަހަރު ކުރިން ބޭންކު ލޯނެއް ނަގައިގެން ކަމަށެވެ.

މި ފްލެޓުގެ މިލްކުވެރިކަން ބަދަލުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. ފްލެޓުގެ ރަޖިސްޓްރީ މިނިސްޓަރުގެ ނަމަށް ބަދަލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހުއެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މި ފްލެޓު ގަތް ކަމަށް ބުނެ އަދަދު ނޫހުން ކުރި ރިޕޯޓަކާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން މި މައްސަލަ ތަޙުޤީޤު ކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ. މިކަމަށް ރައްދު ދެއްވައި މިނިސްޓަރު ޚަލީލް ވިދާޅުވެފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެފްޑަބްލިއުއަށް ފައިސާ ދައްކަމުން ގެންދަވާ ކަމަށެވެ. އަދި ފްލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ 2018 ވަނަ އަހަރުގެ އޮގަސްޓް 18 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ހާމަކުރެއްވި ގޮތުގައި، ފްލެޓު ގަތުމަށް އިތުރު ފައިނޭންސް ހޯދާފައިވަނީ ބީއެމްއެލް އިސްލާމިކްގެ ފެސިލިޓީއަކުންނެވެ. އަދި ފްލެޓަށް ދައްކަންޖެހޭ ޖުމްލަ އަގުގެ ތެރެއިން 1.4 މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އޮތް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި މަޢުލޫމާތުތަކުގެ ޞައްޙަކަން ދެއްކުމަށްޓަކައި، ފްލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ތާރީޚު އެނގޭ ފޮޓޯއެއް ވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައެވެ.

ކޮމެންޓް
ARSAD
އަދުރޭ 2 ފްލެޓްގަތީ ކޮންތާކުން ފައިސާ ނަގައިގެން.
20 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.