ބުޅާމަސްއަޅައިގެން ކާބޯތަކެތި ތައްޔާރުކުރާކަމުގެ ތުހުމުގައި ހައްޔަރުކުރި އަރަފާތު ހުސެއިން -- ފޮޓޯ: އިމިގްރޭޝަން
ހަބަރު
20 Aug 2024 | 23:02
އަރަފާތު ދޫކޮށް ނުލާނެ ކަމުގެ ޔަގީންކަންދެން: ޝަމްއާން

ބުޅާމަސް ބޭނުންކޮށްގެން މާލޭގައި ކާބޯތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދިޔަ ކަމަށް ތުހުމަތުކުރެވިގެން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީ މިހާ ދޫކޮށް ނުލާނެ ކަމުގެ ޔަގީންކަން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ދެއްވައިފިއެވެ.

ޝަމްޢާން އެޔަޤީންކަން ދެއްވީ ސޯޝަލް މީޑިއާގައި މީހަކު ޝަމްޢާންއަށް ޓްގްކޮށް ކުރި ކޮމެންޓަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

ޝަމްޢާން ޖަވާބުދެއްވީ އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އަރަފާތު އަތުން ލާރި ނެގި ކަމަށް އަރަފާތު ބުނި ކަމަށް ބުނެ މީހަކު ފޭސްބުކްގައި ކުރި ޕޯސްޓަކަށް އެހެންމީހަކު ކޮށްފައިވާ ކޮމެންޓަކަށެވެ.

އެ ކޮމެންޓުގެ ސްކްރީންޝޮޓެއް ހިއްސާކޮށް މީހަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝަމްއާންގެ އަރިހުން އެ މައްސަލަ ބެލުމަށް އެދިފައެވެ. އޭނާ ބުނި ގޮތުގައި އިމިގްރޭޝަންގެ މުވައްޒަފުންތަކަކަށް އަރަފާތު ލާރިދީފައިވާ ނަމަ އެ މުވައްޒަފުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެއެވެ.

އެ ޕޯސްޓަށް ޖަވާބު ދެއްވަމުން ޝަމްއާން ވިދާޅުވީ އެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށާއި، އަރަފާތު ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެ މައްސަލައިގައި ހޯދަން އިއުލާންކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސެއިންއެވެ. ފަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވާން އަންގައި އެ މުއައްސަސާއިން ނޯޓިސް އާންމުކުރީ ރޭގައެވެ. އޭނާ ފިލައިގެން އުޅެނިކޮށް މިއަދު އަތުލައިގެންފައިވަނީ ސިފަ ބަދަލުކުރަން ސެލޫންއަކަށް ގޮސް ހުއްޓައެވެ.

އޭނާ ބުޅާމަސް އަޅައިގެން ކާތަކެތި ހެދި ކަމުގެ ތުހުމަތު ކުރެވިފައިވީނަމަވެސް އެއްވެސް އިދާރާއަކުން އަދި އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް
ދިގުދަނޑި
ޢެޗްޕީއޭ،ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހެލްތު މިނިސްޓްރީގަ ކުރިން ތިބި ސިވިލް ވެރިން ފެއިލްވެއްޖެ . ޢިމިގްރޭޝަންގެ އިސްކޮއް ކުރިއްސުރެ ތި ބި މީހުން ފެއިލްވެއްޖެ އެމީހުން ވަކިކުރޭ ކުރީގެ ހެލްތު މިނިސްޓަރ ނަސީމް ހައްޔަރުކުރޭ
20 Aug 2024
ޑެވިލް
ރަނގަޅު އަދަދުގެ ފައިސާއާ ޖެހުނީމަ ދޫކޮށްލާނެ. އެހެންނޫނީ އިއްޒަތްތެރި މެމްބަރުގެ ކޯލް އައިމަ ޖެހޭނީ ދޫކޮށްލަން.
20 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.