ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާން ހަމަޖެހިފައިވާ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޛު މަޖްދީ ޢީސާ އާ ޑރ.ޝަހީމް ސަލާމް ކުރައްވަނީ -- ޑރ.ޝަހީމް (އެފްބީ)
ހަބަރު
20 Aug 2024 | 23:47
ބޭރުގެ ދެ އިމާމުން އަންނަ ހުކުރު ދުވަހު މާލޭގައި ޚުތުބާ ދެއްވަނީ

އަންނަ ހުކުރު ދުވަހު މާލެ ސަރަހައްދުގެ ދެ މިސްކިތެއްގައި ބޭރުގެ ދެ އިމާމުން ހުކުރު ނަމާދު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ހާމަކުރައްވައިފިއެވެ.

މިނިސްޓަރު ޝަހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ހުޅުމާލޭ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އޮސްޓްރޭލިއާ ނޭވީގެ އިމާމު މަޖުދީ އީސާއެވެ. އިމާމު މަޖުދީ ޚުތުބާ ދެއްވާނީ އިނގިރޭސި ބަހުންނެވެ. އިމާމު މަޖުދީ ވަނީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ތައުލީމު ހާސިލްކުރައްވާފައެވެ.

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރައްވާނީ މައްކާގެ ހަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރު ޑރ. ޙަމްދާން އައްސުލާމީއެވެ. ޑރ. ޙަމްދާން ޚުތުބާ ދެއްވާނީ އަރަބި ބަހުންނެވެ. މި ޚުތުބާގެ ދިވެހި ތަރުޖަމާ ޓީވީތަކުން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގައި ފުރަތަމަ ފަހަރަށް އަރަބި ބަހުން ޚުތުބާއެއް ދެއްވީ އެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މިސްރުގެ ޝައިޚުލްއަޒްހަރު ފަޟީލަތުއް ޝައިޚް ޖާދަލް ޙައްޤު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހަކީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭ ދުވަސް ކަމަށާއި، އެ މުނާސަބާތާ ގުޅުވައި ރަސްމިއްޔާތެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް
އަބޫ ޖަމާލު
މީ ދެން މާ މޮޅު ކަމަކީތަ؟ މަށަށް ރަނގަޅީ ދިވެހި އިމާމުން. ބޭރުމީހުން ބޭނުމެއް ނޫން.
21 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.