ލައިފްސްޓައިލް
21 Aug 2024 | 11:20
މިއީ ޕީސީއޯއެސްގެ އަލާމާތްތައް އިތުރަށް ޓްރިގަރ ކުރާ ކާނާ

ޕީސީއޯއެސް އަކީ އާންމު ޞިއްޙަތަށް ބޮޑު މައްސަލައެކެވެ. އަދި ދަރިމައިވާ  އުމުރުގެ އަންހެނުންނަށް އެންމެ އާންމުކޮށް ދިމާވާ ހޯމޯން މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި މި ހާލަތު ހުންނަ މީހުންގެ ތެރެއިން 70% މީހުންނަކީ އެކަން ނޭނގޭ މީހުންނެވެ.

ޕީސީއޯއެސް އަކީ ދަރިމައިނުވުމުގެ މައިގަނޑު އެއް ސަބަބަކަށްވެސް ބައެއް ފަހަރު ވެއެވެ. ޕީސީއޯއެސް އަށް ފަރުވާއެއް ނެތް ނަމަވެސް، ވަކިވަކި އަލާމާތްތައް ރަނގަޅުކުރުމަށް އެކި ފަރުވާތައް ލިބެން ހުރެއެވެ.

އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ކާނާ ބަދަލުކޮށް، މިނެހެޔޮ ކާނާ ކެއުމާއި، ކަސްރަތުކުރުމާއި، ބަރުދަން ލުއިކުރުމަށް އަހަންމިއްޔަތުކަން ދިނުމުން ޕީސީއޯއެސް ގެ އަލާމާތްތައް ރަނގަޅުކުރެވިދާނެއެވެ.

މި އާޓިކަލްގައި ބަލާލާނީ ޕީސީއޯއެސް ގެ އަލާމާތްތައް އިތުރަށް ޓްރިގަރ ކުރާ ފަސް ކާނާއަށެވެ. ޕީސީއޯއެސް ހުންނަ ފަރާތްތައް އެއިން ދުރުހެލިވާން ޖެހެއެވެ. 

1) ރިފައިންޑް ކާނާ

ރިފައިންޑް ކާނާގައި ފައިބަރާއި ނިއުޓްރިއެންޓްސް ނުހުރެއެވެ. މީގެ ސަބަބުން އިންސިއުލިން ރެސިސްޓެންސް މައްސަލަޖެހި، ބަރުދަން އިތުރުވެ، އިންފްލަމޭޝަން އިތުރުވެއެވެ. މިއީ ޕީސީއޯއެސް ގައި އާންމު ކަމެކެވެ.

އާދައިގެ ފުށް، ސާބޫދާނާ، ސޫޖީ، ޗިޕްސް، ވޭފަރސް، ކުކީސް، ބިސްކޯދު، ބްރެޑް، ޓޯސްޓް، ޕާސްޓާ، ނޫޑުލްސް، މަފިންސް، ކޭކު ފަދަ ތަކެއްޗަކީ ރިފައިންޑް ކާނާގެ މިސާލުތަކެކެވެ. އެހެންކަމުން އޭގެ ބަދަލުގައި މޭވާއާއި ތަރުކާރީ ކެއުމަށް އިސްކަންދޭންޖެހެއެވެ.

2) ފެޓްގެ ހިމެނޭ ކާނާ

ހުރިހާ ފެޓްސް އަކީ ގެއްލުންހުރި އެއްޗެއް ނޫނެވެ. ބައެއް ނަޓްސް އަދި ސީޑްސް ގައި ހިމެނޭ ފެޓސްއަކީ ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ.  ޕީ.ސީ.އޯ.އެސްގެ އަލާމާތްތައް އިތުރުކުރުވާ ފެޓްސްގެ ބާވަތްތަކަކީ ޗީޒް، ފޮނިކާނާ، ޕްރޮސެސްކޮށްފައިވާ ކާނާ، ރަތް މަސް އަދި ފުލްފެޓް ކިރުގެ ބާވަތްތަކުގައި ހުންނަ ސެޗުރޭޓެޑް އަދި ޓްރާންސް ފެޓްސްއެވެ. ޕީ.ސީ.އޯ.އެސް ހުންނަ އަންހެނުން ހޯމޯން ބެލެންސްކުރުމަށާއި އިންފްލަމޭޝަން މަދުކުރުމަށް އެހީވާ ފައިދާހުރި ފެޓްސްގެ ބާވަތްތައް ކާނާގައި ހިމަނަންވާނެއެވެ. އަދި ހަމައެއާއެކު، ޕީ.ސީ.އޯ.އެސްގެ އަލާމާތްތަކަށް ނޭދެވޭ އަސަރުކުރާ ފެޓސްގެ ބާވަތްތައް މަދުކުރަންވާނެއެވެ.

އެގޮތުން ކެއްކުމަށް ބޭނުންކުރާ ތެލުގެ ތެރެއިން އިސްކަންދޭންވާނީ މޮނޯއަންސެޗުރޭޓެޑް ފެޓީ އެސިޑްސް ގިނައިން އެކުލެވޭ ތެލަށެވެ. މިސާލަކަށް އޮލިވް ތެޔޮ، އަދި މަސްޓަރޑް ތެޔޮއެވެ.

3) ލިކުއިޑް ކެލަރީސް

ޖޫހާއި ސްމޫތީއަކީ ސިއްޙީގޮތުން ރަނގަޅު އެއްޗެހިކަމަށް ހީވެދާނެއެވެ. ނަމަވެސް ބައެއް ފުޅިތަކުގައި ބަންދުކޮށްފައި ހުންނަ ބާވަތްތަކުގައި 15 ގްރާމަށްވުރެ ގިނަ ހަކުރު ހުރެދާނެއެވެ. އަދި ގިނަ ދިޔާ ބުއިންތަކުގައި ފައިބަރު ނުހުންނާތީ ލޭގައި ހުންނަ ހަކުރުގެ މިންވަރު އަވަހަށް މައްޗަށް ދެއެވެ. ލިކުއިޑް ކެލަރީސްއިން ދުވާލަކު 500 ކިލޯ ކެލަރީއަށްވުރެ ގިނައިން ނޭނގި ހަށިގަނޑަށް ވަދެދާނެއެވެ. މިފަދަ ބުއިންތަކުގެ ތެރޭގައި ހިމެނެނީ ސޯޑާ، ޖޫސް، އެނަރޖީ ޑްރިންކްސް، ހަކުރުލީ ސައި، އަދި ކެލަރީ ގިނަ ސްމޫތީތަކެވެ. މީގެ ބަދަލުގައި ފެން، ފޮނިނުކޮށް ތައްޔާރުކުރާ ހާބް ސައި، ލޯ ފެޓް ކިރު، ގޭގައި އަމިއްލައަށް ހަދާ ސްމޫތީ، އަދި ހިކިކިރު ބޭނުންކުރުން ރަނގަޅެވެ.

4) ގްލޫޓެން

އެއް ބަރުދަނެއްގެ ދެ އަންހެނުން އަޅާކިޔާއިރު، ޕީސީއޯއެސް ހުންނަ އަންހެނުންގެ ހަށިގަނޑުގައި އިންފްލަމޭޝަން އިތުރުވެފައި ހުރެއެވެ. އަދި ގިނަ ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު ގޮދަން އަދި ގްލޫޓެން އެކުލެވޭ ކާނާ ކެއުމުން ދިގު މުއްދަތުގެ އިންފްލަމޭޝަން އިތުރުވެއެވެ. މީގެ މާނައަކީ ޕީސީއޯއެސް ހުންނަ އަންހެނުން އެއްކޮށް ގްލޫޓެން ދޫކޮށްލަންޖެހޭ ކަމެއް ނޫނެވެ. ދުވާލަކު އެއް ކެއުމަށް ގޮދަން މަދުކުރުމުންވެސް އިންފްލަމޭޝަން މަދުކުރެވިދާނެއެވެ.

5) ގްލައިސެމިކް އިންޑެކްސް މަތި ކާނާ

ގްލައިސެމިކް އިންޑެކްސް (ޖީއައި) މަތި ކާނާއަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު އަވަހަށް މައްޗަށް ދިއުމަށް މަގުފަހިކޮށްދޭ ކާނާއެވެ. ޕީސީއޯއެސް ހުންނަ އަންހެނުންނަށް މިއީ ވަކިން ޚާއްޞަކޮށް ނުރައްކާތެރި ކަމެކެވެ. ލޭގައި ހުންނަ ހަކުރުގެ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ހޯމޯން އުފެއްދުމަށް އަސަރުކޮށް، ޕީސީއޯއެސްގެ އަލާމާތްތައް ކަމުގައިވާ އޮށަޅަނެގުމާއި މައްސަރުކަންތަކުގައި ދިމާވާ މައްސަލަތައް އިތުރުވެގެންދެއެވެ. ގިނަ ޖީއައި މަތި ކާނާއަކީ ސިއްޙަތަށް ގެއްލުންހުރި އަދި މުޅިން ދުރުހެލިވާންޖެހޭ ކާނާއެވެ.

މިސާލަކަށް ޕާން، ހުދު ހަނޑޫ، ނާސްތާ ސީރިއަލް، ފްރައިސް، ޗިޕްސް އަދި ފޮނިކުރެވިފައިވާ/ރަހަލެވިފައިވާ ބުއިންތަކެވެ. ނަމަވެސް، ބައެއް ކާނާގައި ޖީއައި މަތި ނަމަވެސް ފައިދާވެސް ބޮޑެވެ. މިފަދަ ކާނާގެ މިސާލުތަކަކީ އަލުވި، ކައްޓަލަ، ދޮންކެޔޮ، އަދި މޭބިސްކަދުރެވެ.

އެހެންކަމުން ޖީއައި މަތި ކާނާ މުޅިން ނުކެއުމުގެ ބަދަލުގައި، މިފަދަ ކާނާ މަދުން ކައި، ޖީއައި ދަށް ކާނާއާ އެކު ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދިއުން ހުއްޓުވިދާނެއެވެ. ޖީއައި ދަށް ކާނާގެ ތެރޭގައި ހިމެނެނީ ބީންސް، ނަޓްސް މުގު އަދި ތަރުކާރީއެވެ.

ޕީސީއޯއެސްގެ އަލާމާތްތައް ރަނގަޅުކުރުމަށް ސިއްޙަތަށް ފައިދާހުރި ސަރުބީ އަދި ގިނަ މޭވާއާއި ތަރުކާރީ ހިމެނޭ ކާނާއަށް އަހަންމިއްޔަތުކަން ދޭށެވެ. މިވަގުތު ޕީސީއޯއެސްއަށް ފަރުވާއެއް ނެތް ނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުން ޕީސީއޯއެސްގެ އަލާމާތްތައް ލުއިކުރެވިދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ