ރީޖަނަލް އެއާޕޯޓްސް އާއި އެއާ ޝެޓޯ އާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އާބަން އެއާ މޮބިލިޓީ ނިއުސް
ހަބަރު
21 Aug 2024 | 23:10
ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރުމަށް ޝައުގުވެރިވެއްޖެ

ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ހެލިކޮޕްޓަރާއި އެވްޓޯލް އޮޕަރޭޓްކުރުމަށް ޝައުގުވެރިވެއްޖެއެވެ.

ރާއްޖޭގައި އިލެކްޓްރިކް އެއާކްރާފްޓް ނުވަތަ އެވްޓޯލް އަދި ޑްރޯން ޖެއްސުމަށް ޚާއްޞަ ވާޓިޕޯޓާއި ޑްރޯންޕޯޓްތަކެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސްއިން ދުބާއީގެ ދެ ކުންފުންޏަކާ ގުޅިގެން މިހާރުވަނީ މަސައްކަތް ކުރަން ނިންމައިފައެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީން މަޢުލޫމާތު ދެއްވިގޮތުގައި މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕެއްގެ ދަށުން ދުބާއީގެ ކެޕިޓަލް ވިންގްސް އަދި އެއާ ޝެޓޯ ޑީޑަބްލިއުސީއާ އެކު މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. މި ދެ ކުންފުންޏަކީ ދުބާއީގެ އޭވިއޭޝަން ދާއިރާގައި މަޝްހޫރު ދެ ކުންފުނި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުބީން އިތުރަށް ވިދާޅުވީ މިހާރު ވަނީ މި ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށާއި، ދެން އޮތީ ޕްރޮޕޯސަލް ހުށަހެޅުމަށް އެދުމުން ތަފްސީލުތަކާއެކު ހުށަހެޅުން ކަމަށެވެ.

ދުބާއީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން އެއާ ޓެކްސީ އޮޕަރޭޝަންތަކާއި، ކޮމާޝަލް ކާގޯ އަދި ފަސިންޖަރުން އުފުލުމުގެ އިތުރުން އެވްޓޯލް އަދި ޑްރޯންތައް ޖެއްސުމަށް ޚާއްޞަ ސަރަޙައްދުތައް ރަށްރަށުގައި ޤާއިމުކުރެވޭނެއެވެ.

ވާޓިޕޯޓްތަކަކީ ހެލިކޮޕްޓަރު ފަދަ އިލެކްޓްރިކް އުޅަނދުތައް ކަމުގައިވާ އެވްޓޯލް ޖެއްސުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުތަކެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 100 އަށްވުރެ ގިނަ ވާޓިޕޯޓް އަދި 500 ޑްރޯންޕޯޓް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ.

އެއާ ޝެޓޯގެ ޗެއާޕާސަން ޑރ. ސާމިރު މުހައްމަދު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމަށް މަގްބޫލު މަންޒިލަކަށްވާ އިރު ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ގޮތްތައް ހަމަޖެހުން ވަރަށް މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެން ކުންފުނީގެ އެވްޓޯލް އާއި ހެލިކޮޕްޓަރުތަކުގެ އެހީގައި ޓޫރިސްޓުންނަށް މިހާރަށް ވުރެ ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވޭނެ،" 

އޭނާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ