ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް --
ހަބަރު
21 Aug 2024 | 23:56
މިފްކޯއަށް ސީއީއޯއަކު ހޯދަން އަލުން އިޢުލާންކުރަނީ

ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ސީއީއޯއަކު ހޯދުމަށް އަލުން އިޢުލާންކުރަން ނިންމައިފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީއެންއެމްގެ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި، މިފްކޯއަށް ސީއީއޯއަކު ހޯދުމަށް ކުރިން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ނުލިބުނު ނަމަވެސް، މިހާރު އިތުރު އިޢުލާނެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"އިއުލާން އަދި ނުކުރެވޭ އެހެންނަމަވެސް މިހާރު މިފްކޯއިންވެސް އަދި ޕީސީބީންވެސް އަދި ސަރުކާރުންވެސް ބަަލަމުން މިދަނީ ވީހާވެސް އަވަހަކަށް މިފްކޯއަށް ރަނގަޅު ސީއީއޯއެއް ހޯދިގެން މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ސީއީއޯއެއް ހޯދިއްޖެ ކަމަށް، އެ މަސައްކަތް އެބަ ދޭ ކުރިޔަށް މާގިނަ ދުވަހެއް ވާނެކަމަށް އަޅުގަނޑު ގަބޫލުނުުކުރަން" 

ޝިޔާމް ވިދާޅުވި އެވެ.

މާލީ ގޮތުން ދަތި ހާލަތެއްގައި އޮތް މިފްކޯއަށް ސީއީއޯއަކު ހޯދުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފުރަތަމަ އިޢުލާންކުރީ ޖޫން 26 ވަނަ ދުވަހުއެވެ. ނަމަވެސް، ޤާބިލު ފަރާތެއް ކުރިމަތިނުލުމުގެ ސަބަބުން އެ އިޢުލާން ވަނީ ބާޠިލުކޮށްފައެވެ.

މިފްކޯގެ ސީއީއޯގެ މަޤާމަށް ހޮވޭ ފަރާތުގެ ޤާބިލުކަމަށް ބަލައި، މަހަކު 9,500 ޑޮލަރު (146,000 ރުފިޔާ) އާއި 12,000 ޑޮލަރު (185,000 ރުފިޔާ) އާ ދެމެދުގެ މުސާރައެއް ދިނުމަށް ޕީސީބީން ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.
29 Jun 2026
ބަކިންގަމް ގަނޑުވަރުގައި ރަސްގެފާނު ނޫޅުއްވާނެ
ބަކިންގަމް ގަނޑުވަރުގެ 10 އަހަރުގެ މަރާމާތު 2025 ގައި ނިމުމުން ވެސް ޗާލްސް ރަސްގެފާނު ކުރީގެ އާވާހަކައަށް ކްލެރެންސް ހައުސްގައި ދިރިއުޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ހާމަކުރައްވައިފި
29 Jun 2026
ސަޢޫދީ ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި އެންމެން ނިޔާވެއްޖެ
ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
29 Jun 2026
އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ
29 Jun 2026
ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.