ޕީޖީ ޝަމީމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ...
ހަބަރު
22 Aug 2024 | 13:38
މަޤާމުން ވަކިކުރަން އުޅެނީ ނުފޫޒު ނުފޯރުވޭތީ: ޝަމީމް

މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރައްވަން އުޅުއްވަނީ މަޤާމަށް ނުފޫޒު ނުފޯރުވޭތީކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ކަމުން ހުސައިން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރަމުން އެދަނީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށެވެ.

ޝަމީމް ވިދާޅުވީ އޭނާ ޕީޖީގެ މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރައްވަން އުޅުއްވަނީ ނުފޫޒު ނުފޯރުވޭތީ ކަމަށާއި، އެއީ ނުވާނޭ ކަމެއް ކަމަށެވެ. ޝަމީމް ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖަވާބުދޭން ޖެހިފައިވާ ތުހުމަތުތައް ސާފުނުވާކަމަށާއި، ކޮމިޓީން މިކަމުގއި އަމަލުކޮށްފައިވަނީ އުސޫލްތަކާ ހިލާފަށްކަމަށެވެ.

މަޖިލީހުން އަޅުގަނޑަށް ފޮނުވާފައިވަނީ ހުލާސާ ސިޓީއެއް.އޭގައި ތުހުމަތުކުރެވޭ ކަމެއްގެ ތަފްސީލެއްނެތް. 

ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޕީޖީ އާ ގުޅޭގޮތުން ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވަނީ ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ ތުހުމަތުތައް އެކުރަނީ ސިޔާސީގޮތުން ކަމަށާއި، ރީތިކޮށް ބުނިނަމަ މަގާމުން އިސްތިއުފާ ދެއްވީސްކަމަށެވެ.

ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، އެއްވެސް މީހެއްގެ ނުފޫޒަށް ލެބެންޖެހޭ ސަބަބެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ޕީޖީ އޮފީހުގައި މަސައްކަތްކުރަމުންދާއިރު، ސަރުކާރުތަކާއި އެކު މަސައްކަތްކުރަން ޖެހޭ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ އޭނާ އަކީ އެއްވެސް އިރެއްގައި ޕީޖީގެ މަގާމަށް ދަހިވެތިވެގެން އެމަޤާމުގައި ދެމިހުންނަން ބޭނުންވެގެން އުޅޭ މީހެއް ނޫންކަމަށާއި، މިމަގާމުގައި ނެތް ނަމަވެސް މާތަނަވަސް ކޮށް މާ އަރާމުގައި އުޅެވެން ވެސް އެބައޮތްކަމަށެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، ނުފޫޒަށް ލެބެން ޖެހޭ ސަބަބެއް ނެތް ކަމަށާއި، މިދާއިރާގައި 20 އަހަރު އުޅޭއިރު، ކުޑަ ކުޑަކަމެއްގައި މީހަކަށް ނުފޫޒުފޯރުވައިގެން ނަން ހަޑިވާން ބޭނުންފުޅު ނުވާކަމަށެވެ.

ކޮމެންޓް
އެހެންވީ އިރުން
ކޮބާ ނުފޫޒު ފޯރުވީމަ އަޅާ ފިޔަވަޅު ނިމިދިޔަ 5 އަހަރު އެތައް ބައެއްގެ ހައްގު ގެއްލުމުގެ އަގު އަދި ނާއިންސާފުގެ އަގު.
22 Aug 2024
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.