ޕީޖީ ހުސައިން ޝަމީމް
ހަބަރު
22 Aug 2024 | 15:51
އެއްޖިންސުން ގުޅުން ހިންގައިގެން ދިން އަދަބު ލުއި ކޮށްދޭން އެދުނީ އެ އަދަބު ގާނޫނާ ޚިލާފް ވީމާ: ޝަމީމް

ނިމިދިޔަ ސަރުކާރުގައި، ފެންމަތިވި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ތަކުގެ ތެރެއިން، އަބްދުއްރަޙްމާން ރަފީޢު (ދޮންދިގު) ނަމަކަށް ކިޔާ ފުލުހަކު އެއްޖިންސުން ގުޅުން ހިންގިކަން ސާބިތު ވެގެން، އޭނާއަށް ދެވުނު އަދަބު ލުއިކޮށްދިނުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް(ޕީޖީ) އޮފީހުން އެދުނީ އެ އަދަބު ގާނޫނުގައިވާ އަދަބަށްވުރެ ލުއިވުމުން ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށް މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ، އަބްދުއްރަޙްމާންގެ އަދަބު ލުއި ކޮށްދިނުމަށް އެދިފައިވާ ސަބަބު ސާފުކޮށްދިނުމަށް އެދިފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، މައްސަލައެއްގައި ޕީޖީއަށް ކާމިޔާބީ ލިބުނު ނަމަވެސް، އެ މައްސަލާގައި ކުރި ހުކުމަކީ ގާނޫނާ ޚިލާފް ހުކުމެއް ނަމަ އިސްތިއުނާފް ކުރަންޖެހޭ ކަމަށެވެ. 

އަޅުގަނޑުމެންނަށް މައްސަލއެއް ކާމިޔާބު ވިޔަސް، ގާނޫނުގައި ބުނާ ގޮތް ނޫން ގޮތަކަށް ހުކުމެއް ކޮށްފިއްޔާ، އަޅުގަނޑުމެން ޖެހޭ އިސްތިއުނާފް ކުރަން. އަޅުގަނޑުމެންގެ ކަމަކީ މީހުންނަށް އަދަބު ދިނުމެއް ނޫން. އަޅުގަނޑުމެންގެ ކަމަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، އިންސާފް ގާއިމް ކޮށްދިނުން. އެ އިންސާފް ގާއިމް ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާވެރި ވަންޏާ އަޅުގަނޑުމެން ޖެހޭ އެކަން ހައްލުކޮށްދެން މަސައްކަތް ކުރަން. 

ޕީޖީ ހުސައިން ޝަމީމް

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަން ސާބިތުވި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހުމާނު ރާފިއުއަށް ދައުވާ ކުރީ ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ.

އޭނާއަށް ކްރިމިނަލް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް، ދައުލަތުން އެދުނީ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކޮށް ހަތް މަހާއި ހަ ދުވަހަށް ޖަލުގައި ރާފިއު ބަންދުކޮށްދިނުމަށެވެ.

ދައުލަތުން އެފަދައިން އެދިފައިވަނިކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ދެ ދަރަޖަ މަތިކޮށެވެ. އެހެންކަމުން ޕީޖީ އޮފީހުން ހުކުމާ މެދު ހިތްހަމަނުޖެހޭތީ ހައި ކޯޓަށް ވަނީ އިސްތިއުނާފް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.