ޓޭންކަރުގައި އަލިފާން ރޯވެފައި: ފޮޓޯ/ ހޫތީން
ދުނިޔެ
24 Aug 2024 | 11:57
ޔަމަނުން ރަތް ކަނޑުގައި ގުރީކް ދިދަ ޖަހާފައި ހުރި ޓޭންކަރަކަށް ހަމަލާދީފި

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާއަކާ ގުޅިގެން ރަތް ކަނޑުގައި އޮތް ގްރީސްގެ ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ހުކުރު ދުވަހު ބުނެފި އެވެ.

ހޫތީން މި ހަމަލާ ދީފައިވަނީ މި ޓޭންކަރަށް ހަމަލާދިނުމުން ޓޭންކަރުގެ ފަޅުވެރިން ސަލާމަތްކުރިތާ އެއް ދުވަސް ފަހުން ކަމަށްވެސް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ވަނީ ބުނެފައެވެ.

ޔަމަނުގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކޮންޓްރޯލް ކުރާ އީރާނާ ގުޅިފައިވާ ހޫތީން ބުރާސްފަތި ދުވަހު ބުނީ ސައުނިއަން ތެޔޮ ޓޭންކަރަށް ހަމަލާދިނީ ޣައްޒާގައި ހައަދުފަހަން އަޅާފައިވާ އިސްރާއީލާއި ޣައްޒާ މިނިވަން ކުރުމަށް ޖިހާދުކުތަމުންދާ ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ކޮމާޝަލް ޝިޕިންއާ ދެކޮޅަށް 10 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ކަމަށެވެ.

ހޫތީން އެންމެ ފުރަތަމަ ޓޭންކަރަށް ގެއްލުން ދީފައިވަނީ ބުދަ ދުވަހުގައެވެ.

ތަކުރާރުކޮށް ދިން މި ހަމަލާތަކުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައި އިންޖީނުގެ ބާރު ވަނީ ގެއްލުމުންނެވެ.

އޭގެ ފަހުން ޔޫރަޕްގެ ހަނގުރާމަމަތީ ބޯޓަކުން ވަނީ އޭގެތެރޭގައި ތިބި 25 ފަޅުވެރިން ސަލާމަތްކޮށްފަ އެވެ.

ކަނޑުމަތީގެ ސަލާމަތީ މަސްދަރަކުން ބުރާސްފަތި ދުވަހު ރޮއިޓާސްއަށް މައުލޫމާތު ދިން ގޮތުގައި  މި އުޅަނދު އޮތީ ޔަމަނާއި އެރިޓްރިއާއާ ދެމެދު ބަނދަރުކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހު ޔޫކޭއެމްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބޯޓުގައި ތިން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޭގެ ފަހުން ހޫތީން ވަނީ ޓޭންކަރުގައި އަލިފާން ރޯކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ސޯނިއަން އަކީ އެތެންސްގެ ޑެލްޓާ ޓޭންކަރުތަކުން މި މަހު ހޫތީންގެ ހަމަލާދިން ތިން ވަނަ އުޅަނދެވެ.ހޫތީންގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ޓީވީ މެދުވެރިކޮށް ވާހަކަދައްކަމުން  ވިދާޅުވީ އެ ޓޭންކަރަށް ހަމަލާދިނީ ޑެލްޓާ ޓޭންކަރުން ހިފާފައިވާ ފަލަސްތީނުގެ ބަނދަރުތަކަށް ވަނުން މަނާކޮށްފައި އޮތުމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.