މިއަދުއޮތް ޕްރެސްގައި މިނިސްޓަރ ސައީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: ވޮއިސް
ހަބަރު
25 Aug 2024 | 18:54
ރައީސް ވެސް ބީއެމްއެލް ސީއީއޯއާ ބައްދަލުކުރައްވައި ދަރިވަރުންގެ މައްސަލަތަކާ މެދު މަޝްވަރާކުރެއްވި: ވަޒީރު ސައީދު

ރައީސް ޑރ.މުއިއްޒު ވެސް ބީއެމްއެލް ސީއީއޯއާ ބައްދަލުކުރައްވައި ދަރިވަރުންގެ ހައްގުގައި ވާހަކަދެއްކެވި ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯއާ ބައްދަލުކޮށް، ދަރިވަރުންގެ ހައްގުގައި ވާހަކަދައްކަވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަކީ އެމްޑީޕީ ސަރުކާރުން އާދަޔާ ޚިލާފަށް ފައިސާ ޗާޕްކުރުމުގެ ނަތީޖާއެކެވެ. އަދި ބީއެމްއެލްއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބީއެމްއެލްއާ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

"މި ހާލަތުގައި ދިވެހި ކިޔަވާ ކުދިންނަށް ލިބިދާނެ ގެއްލުމަށް ރިޢާޔަތްކޮށް، ރައީސް ޑރ.މުއިއްޒު ވަނީ ބީއެމްއެލްގެ ސީއީއޯ ކާލް ސްމަޓްކްއާ ބައްދަލުކުރައްވާ، ކާޑު ލިމިޓޭޝަނާ ގުޅިގެން ބޭންކުން ނިންމި ނިންމުން އުވާލުމަށް މަޝްވަރާކުރެއްވި، މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ނިންމުން މަޑުޖައްސާލުމަށް ބީއެމްއެލްއާ މަޝްވަރާކޮށްފައި"

މިނިސްޓަރ ސައީދު މިއަދު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވި ގޮތުގައި، ވަކި މޫސުންތަކެއްގައި ބޭންކްތަކަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެއެވެ. މި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި، ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމުގައިވާ ދިވެހި ސަރުކާރުން ވަނީ ހުށަހެޅުންތަކެއް ތައްޔާރުކޮށްފައެވެ.

މި ބައްދަލުވުމުން ފާހަގަކުރެވުނު ގޮތުގައި، ސަރުކާރުން ވަނީ ދަރިވަރުންގެ ތަޢުލީމީ ކަންކަމަށް އިސްކަންދީ، އެ ފަރާތްތަކަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.