ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Aug 2024 | 22:09
މަޖީދިއްޔާގައި 40 ކްލާސްރޫމްގެ އާ އިމާރާތެއް އަޅަން ވަނީ ނިންމާފައި: ރައީސް

މަޖީދިއްޔާ ސްކޫލްގައި 40 ކްލާސްރޫމްގެ އާ އިމާރާތެއް އަޅަން ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ.މުޢިއްޒު ހާމަކުރައްވައިފިއެވެ.

މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވުނު ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އަލަށް އަޅާ މި އިމާރާތުގައި ހިމެނޭ ބައެއް ކްލާސްރޫމްތަކަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކަށް ވެގެންދާނެ ކަމަށާއި، އަދި މި އިމާރާތް އަޅާނީ ކުރީގެ ދަރުމަވަންތަ ސްކޫލް ހިންގި ބިމުގައި ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވިއެވެ.

"އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ސްކޫލް މަޝްރޫޢުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ އާ އިމާރާތް ހިމެނޭ. މި އިމާރާތުގައި 40 ކްލާސްރޫމް ހިމެނޭނެ," 

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަޖީދިއްޔާ ސްކޫލްގެ ފަޚުރު ކަމަށްވާ ދާރުލްއުލޫމް، ނޭޝަނަލް އެޑިއުކޭޝަނަލް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށްވެސް ރައީސް ހާމަކުރެއްވިއެވެ. މި މިއުޒިއަމްއިން ރާއްޖޭގެ ތަޢުލީމީ ހަޔާތުގެ ތާރީޚު ދައްކުވައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުތަކަކީ ސަރުކާރުން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އާ އިމާރާތް އެޅުމާއެކު މަޖީދިއްޔާ ސްކޫލަށް އިތުރު ޖާގަ ލިބި، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ވެސް މިރޭގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި