ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ---
ހަބަރު
25 Aug 2024 | 23:34
ގާނޫނާ ޚިލާފަށް ކުރީސަރުކާރުން 1 ބިލިއަން ރުފިޔާގެ އެސެޓް ބަދަލުގެ ގޮތުގައި ދޫކޮށްފައިވޭ: އޭޖީ

ކުރީގެ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދޫކޮށްލާފައިވާ އެއް ބިލިއަން ރުފިޔާގެ އެސެޓް ދޫކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. އަދި މި އެއްބަސްވުންތައް ބާތިލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ، ކުރީގެ ސަރުކާރުގެ ބަދަލު ދިނުމާ ބެހޭ ކޮމިޓީން 10 ފަރާތަކަށް ބަދަލު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ފައިސާގެ އިތުރުން ރިސޯޓާއި ފަޅު ވެސް ހިމެނެއެވެ. ނަމަވެސް މި ގިނަ މައްސަލަތަކުގައި ބަދަލު ދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ، ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި، ކޮމިޓީއަށް ހުށަހެޅުމަކާ ނުލައި ވެސް ދައުލަތުގެ އެތައް ސަތޭކަ މިލިއަން ރުފިޔާގެ އަގުހުރި އެސެޓްތައް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.

"ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި، ކޮމިޓީއަށް ހުށަހެޅުމަކާ ނުލައި ވެސް ދައުލަތުގެ އެތައް ސަތޭކަ މިލިއަން ރުފިޔާގެ އަގުހުރި އެސެޓްތައް ބަދަލުގެ ގޮތުގައި ދޫކޮށްފައިވޭ"

ބަންޑާރަނައިބު

ބަންޑާރަ ނައިބުގެ އޮފީހުން ޚާއްސަ ޓީމެއް ނަގައިގެން މި މައްސަލަތައް ބަލަމުންދާ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން ގިނަ މައްސަލަތަކުގައި ބަދަލު ދީފައިވަނީ ގާނޫނާ ޚިލާފަށްކަން ފާހަގަކުރެވިފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. ގާނޫނާ ޚިލާފަށް ދީފައިވާ ހުރިހާ ބަދަލެއްގެ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ވެސް އޭނާ އިތުރުކުރެއްވިއެވެ.

އުޝާމް ވިދާޅުވީ، ޝަރީޢަތަށް ހުށަހަޅައިގެން ބާތިލުކުރަން ޖެހޭ މައްސަލަތައް އެގޮތަށް ކުރިއަށް ގެންދާނެ ކަމަށާއި، ޝަރީޢަތަށް ހުށަނާޅާ ބާތިލުކުރެވެން ހުރި މައްސަލަތައް ވެސް ބާތިލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.