ބަންލަދޭޝްގައި ކުރި މުޒާހަރާތެރެއިން:ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ
26 Aug 2024 | 10:37
މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ރޮހިންޖާ އިން ގޮވާލައިފި!

މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ހަމަނުޖެހުންތަކަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި ބަންގްލަދޭޝްގައި ތިބި ރޮހިންޖާ ރެފިއުޖީންގެ އެތައް ހާސް ބަޔަކު ކޭމްޕްތަކުގައި އެއްވުންތަކެއް ބާއްވައިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ހަމަނުޖެހުންތައް ހުއްޓާލައި އެމީހުން ރައްކާތެރިކަމާއެކު މިޔަންމާއަށް އެނބުރި ދިއުމަށް ފުރުސަތު ދިނުމަށް ވަނީ އެމީހުން ގޮވާލާފައެވެ.

މި މުޖާހަރާގައި ކުޑަކުދިން އިން ފެށިގެން އުމުރުން ދުވަސްވީ މީހުންނާ ހަމައަށް ރެފިއުޖީން ވަނީ އާދީއްތަ ދުވަހު އަޑުއުފުލާފައެވެ.

ގިނަބަޔަކު "ރޮހިންޖާ ޖެނޮސައިޑް ރިމެމްބަރެންސް" ލިޔެފައި ހުރި  ރިބަންތައް ވެސް ގިނަ ބަޔަކު ބޮލުގައި އައްސައިގެން ތިބިކަމަށް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ.

"އަހަރެމެން ރޮހިންޖާ މީހުންނަކީ މިޔަންމާގެ ރައްޔިތުން،" އެ މީހުންގެ ބޯޑުތަކުގައި ލިޔެފައިހުއްޓެވެ.

ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދޭ ހަމަލާތައް ހުއްޓާލާ،" ރެފިއުޖީ ހާފިޒުއްރަހްމާން ރޮއިޓާސް ނިއުސް އެޖެންސީއާވާހަކަދައްކަމުން ބުނެފައިވެއެވެ.

މިޔަންމާ ގެ އަސްކަރިއްޔާއިން ކުރިއައްގެދިޔަ ހަމަނުޖެހުމުގެ ސަބަބުން 2017 ވަނަ އަހަރު 750،000 ރޮހިންޖާ ދަރިކޮޅުގެ މީހުން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކުރި އިރު، މިޔަންމާ ގެ އަސްކަރިއްޔާއިން މިހާރު ވަނީ ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި ގަތުލުއާންމުގެ މައްސަލައެއް ފެންމަތިވެފައެވެ.

މިޔަންމާގެ ހުޅަނގުގެ ރަކީން ސްޓޭޓްގެ އަސްކަރީ ސަރުކާރާއި ބުޑިސްޓުން ރެކްރޫޓްކުރާ ބާރުގަދަ ނަސްލުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އަރަކަން އާމީއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހޫނުވުމުގެ ސަބަބުން ފާއިތުވި ހަފުތާތަކުގައި ރޮހިންޖާ ދަރިކޮޅުގެ އިތުރު އެތައް ހާސް ބަޔަކު ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.