ހިޒްބުاللهގެ ލީޑަރު ސައްޔިދު ހަސަން ނަސްރުالله ގެ ވާހަކަގުޅުދެއްކެވުން ބަލަނީ:ފޮޓޯ/ ޓެލެގުރާމް
ދުނިޔެ
26 Aug 2024 | 12:23
އިސްރާއީލަށް އިތުރު ހަމަލާތަކެއް ދޭނެކަމިގެ ފުރުސަތު ބޮޑު ކަމަށް ހިޒްބުاللهގެ ވެރިޔާ ވިދާޅުވެއްޖެ

ބެއިރޫތު (އޮގަސްޓް 25) - ހިޒްބުالله ޖަމާއަތުން އިސްރާއީލުގެ އަސްކަރީ އަމާޒުތަކަށް ދިން ރޮކެޓާއި ޑްރޯން ހަމަލާގައި ލިބުނު ގެއްލުން ދެނެގަތުމުގެ ކުރިން، ހިޒްބުﷲ އަވަހާރަކޮށްލި ކޮމާންޑަރެއްގެ ބަދަލު ހިފުމަށް އިތުރު ހަމަލާތަކެއް ނުދޭނޭ ކަމަށް ހިޒްބުاللهގެ ލީޑަރު ސައްޔިދު ހަސަން ނަސްރުالله ވިދާޅުވެއްޖެ އެވެ.

ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތުގެ ލީޑަރު ޓީވީ މެދުވެރިކޮށް ވިދާޅުވީ އެ ޖަމާއަތުގެ ހަމަލާތައް "ރޭވިފައިވާ ގޮތަށް" ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ކުރިން ދިން ހަމަލާތަކުގެ ސަބަބުން އެ ޖަމާއަތުން ދޭން އުޅުނު ބޮޑު ހަމަލާއެއް ހުއްޓުވި ކަމަށް އިސްރާއީލުން ދެއްކި ވާހަކަތައް ވަނީ ނަސްރުﷲ ދޮގުކުރައްވާފައެވެ.


 ހިޒްބުالله އާއި އިސްރާއީލާ ދެމެދު ހިނގި ހަމަނުޖެހުންތަކަށް ފަހު އެންމެ ވަރުގަދަ ހަމަލާތައް ބަދަލުކުރިތާ ގާތްގަނޑަކަށް 12 ގަޑިއިރު ފަހުން ވާހަކަ ދައްކަވަމުން ނަސްރުالله ވިދާޅުވީ، ތެލްއަވީވްގެ ބެން ގުރިއަން އެއާޕޯޓު ފަދަ އާންމުންނަށް ނުވަތަ އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އެ ޖަމާއަތުން ހަމަލާދީފައިނުވާނޭކަމަށެވެ.

އޭނާ އިތިރަށް ވިދާޅުވީ އެ ޖަމާއަތުގެ އެންމެ ބޮޑު ޓާގެޓަކީ އިޒްރޭލުގެ ސަރަހައްދުގެ 110 ކިލޯމީޓަރު (70 މޭލު) ބޭރުގައި ހުންނަ އަސްކަރީ އިންޓެލިޖެންސް ބޭސްއެއް ކަމަށާއި އެއީ މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށާއި އެއީ ތެލްއަވީވްގެ އުތުރުން އެންމެ 1.5 ކިލޯމީޓަރު (1 މޭލު) ދުރުގައި ހުންނަ ތަނެއްކަމަށެވެ.

ނަސްރުالله ވިދާޅުވީ މިދިޔަ މަހު އިޒްރޭލުން ހިޒްބުاللهގެ އިސް ކޮމާންޑަރު ފުއާދު ޝުކްރު ބެއިރޫތުގެ އައްސޭރިފަށުގައި މަރާލުމުން ބަދަލު ހިފުމުގެ ގޮތުން އެ ޖަމާއަތުން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގެ ނަތީޖާ ބަލާނެ ކަމަށެވެ.

ނަތީޖާ ނުފުދޭނަމަ އަނެއްކާވެސް ރައްދު އަލިންދޭނޭކަމަށްވެސް ނަސްރުﷲ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.