ޕީއެންސީ ޖަގަހަ ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
26 Aug 2024 | 12:50
ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ, ޕީއެންސީ ހަރުގެ ޖަލްސާއެއް މިރޭ

ވެރިކަންކުރާ ޕީއެންސީގެ ލީޑަރ، އަދި އެޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގަންނަވާ ޕީއެންސީ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން މި ޖަލްސާ އޮންނާނީ އެޕާޓީގެ ރަސްމީ ޖަގަހަ (ހ. ވެޔޮވިލާ، އާޓިފިޝަލް ބީޗް ކުރިމަތި)ގައި ކަމަށެވެ.

މި ޖަލްސާ މިރޭ 8:00 ގައި ފެށުމަށް ހަމެޖެހިފައިވާ ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވާ ގޮތަށްވެސް ހަމަޖެހިފައިބާ ކަމަށް ބުނެފައިވެއެވެ. 

އޭގެ އިތުރުން މި ޖަލްސާގައި ދެން ވާހަކަ ދެއްވުމަށް ހަމަޖެހިފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބުރާހިމް ފަލާހުއާއި، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ.

މިރޭ ޕީއެންސީގެ ޖަގަހަ ޖަލްސާއެއް ބޭވުމަށް ހަމަޖައްސާފައިވާއިރު، ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާއި ގުޅޭގޮތުން، އިދިކޮޅު އެމްޑީޕީ އަދި އެނޫންވެސް ޕާޓީތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޚާއްސަކޮށް، އަދި ޑޮލަރުގެ ތާށިކަން އިންތިހާއަށް މަތިވެ، ބޭންކު އޮފް މޯލްޑިވްސްއިން އިއްޔެ އެ ބޭންކުގެ ފައިސާ ޑެބިޓް ކާޑުތަކަށް ޑޮލަރ ވިއްކުން ހުއްޓާލަން އިއުލާން ކުރުމާއި ގުޅިގެން ގިނަބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވިއެވެ. އެހެންނަމަވެސް ހަމަ އިއްޔެ ބޭންކުން ވަނީ އެމްއެމްއޭގެ އިރުޝާދުގެމަތިން އެނިންމު އަނބުރާ ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ގަދަ 16 އިން ޖާގަހޯދި ފުރަތަމަ ޓީމަކަށް ކެނެޑާ
މުބާރާތުގެ ކުއާޓާ ފައިނަލުގައި ކެނެޑާ ބައްދަލުކުރަން ޖެހޭނީ މޮރޯކޯ ނުވަތަ ނެދަލޭންޑްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި