ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިން ---
ހަބަރު
26 Aug 2024 | 21:41
ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސަންސް އާކުރުން ތިން މަސްދުވަހަށް ފަސްކޮށްފި

ކާބޯތަކެތި ވިއްކާ ތަންތަނުގެ ލައިސަންސް އާކުރުން ތިން މަސްދުވަހަށް ފަސްކޮށްފިއެވެ.

ފާއިތުވި ހަފުތާގައި ތަންފީޒުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އައު ޤާނޫނުގެ ދަށުން، މިހާރު ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ކާބޯތަކެތީގެ ވިޔަފާރިތަކުގެ ހުއްދަ އައުކުރުމުގެ މުއްދަތު ގާތްގަނޑަކަށް ތިން މަސްދުވަހަށް ލަސްކޮށްދިނުމަށް މިއަދު ވަނީ ނިންމާފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، އައު ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެ އޮތޯރިޓީގައި ނުވަތަ އެހެން އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގެ މުއްދަތު އަންނަ ނޮވެމްބަރު 23 އާ ހަމައަށް ދިގުކޮށްދީފައިވެއެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބަޔާންކޮށްފައިވަނީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އަލަށް ހުއްދައަށް އެދޭ ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ފަދަ ތަންތަނުން ޚިދުމަތަށް އެދި ހުށަހަޅާނީ "ވަންގަވް" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

މީގެ އިތުރުން، ކާބޯތަކެއްޗާއި ބޯފެން އުފައްދާ ފެކްޓަރީތައް ރަޖިސްޓަރީކުރުމާއި، އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތައް ދަފްތަރުކުރުން ކުރިއަށް ގެންދާނީ އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް "ދިރިތި" މެދުވެރިކޮށް ކަމަށްވެސް އެމްއެފްޑީއޭ އިން ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ކާބޯތަކެތީގެ ސަލާމަތާ ބެހޭ ޤާނޫނުގެ ދަށުން ވަރުގަދަ ބާރުތަކަކާއެކު "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަލުން އުފެއްދިފައިވަނީ ފާއިތުވި ހަފުތާގައި ކަމެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.