ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު -- ފޮޓޯ: ވޮއިސް
ހަބަރު
26 Aug 2024 | 23:57
ކުރީގެ ރައީސުންނަށް ފަލާޙްގެ އިންޒާރެއް – އިނާޔަތްތަކަށް ބަދަލުގެންނަން ޖެހިދާނެ

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރެއް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ދެއްވައިފިއެވެ. މި އިންޒާރު އޭނާ ދެއްވީ ޕީއެންސީގެ ހަރުގޭގައި ބޭއްވުނު ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ފަލާހުގެ ވާހަކަފުޅުގައި ޚާއްޞަ އަމާޒެއް ހިފާފައިވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ދެ ރައީސުން ދައުލަތުގެ ޚަރަދު ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެފައިވާއިރު، އެ ބޭފުޅުންނަށް ދައުލަތުން ކުރާ ޚަރަދުތައް ކުޑަކުރުމުގެ ވާހަކަ ދައްކަވަން ޖެހޭނެއެވެ.

ފަލާހު ވަނީ ޚާއްޞަކޮށް ރައީސް ނަޝީދަށް އަމާޒުކޮށް، މިހާރުވެސް ރާއްޖެއިން ބޭރުގައި ވަޒީފާއެއްގައި ހުންނެވީ ކުރީގެ ރައީސުންގެ އިނާޔަތާއި ސެކިއުރިޓީ ވެސް ނަންގަވައިގެން ކަމަށް ފާހަގަކުރައްވާފައެވެ. އަދި މިކަމަށް އަހަރަކު ހަތަރު ނުވަތަ ފަސް މިލިއަން ރުފިޔާ ޚަރަދުވާ ކަމަށް ވިދާޅުވިއެވެ.

"އެކަންކަން އެގޮތަށް ކުރައްވާ ކަމަށް ވަންޏާމު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީސްތެރެއިން ވިސްނަން ޖެހޭނެ ކަންކަން ހުންނާނެ" 

ފަލާޙް ވިދާޅުވިއެވެ. 

ރައީސް ޔާމީނަށް ވެސް ފަލާހު ވަނީ ވަރަށް ޒާތީކޮށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޔާމީނަކީ އެންމެ ނުބައި ވެރިކަން ކުރެއްވި ރައީސް ކަމަށާއި، އެއީ ހަސަދަވެރިކަމާއި ކިބުރުވެރިކަމުން ފުރިފައިވާ ބޭފުޅެއް ކަމަށެވެ. އަދި ޔާމީން ކުރެއްވި ނުބައި ކަންކަން އެމްޑީޕީ ސަރުކާރުން ބަލަމުންދާ ކަމަށާއި، އެ ކަންކަމުގެ ހަޤީޤަތް ސާފުވެފައިވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފަލާހު ވަނީ ޔާމީންގެ އަމިއްލަ ޚަރަދުތަކާ ބެހޭ ގޮތުން ވެސް ފާޑުކިޔާފައެވެ. އޭނާ ވިދާޅުވީ ޔާމީންގެ އަތްޕުޅުގައި ހަތަރު ލައްކަ ރުފިޔާގެ ގަޑިއެއް އޮތުމާއި، 300 ޑޮލަރުގެ ގަމީހެއް ތުރުކުރެއްވުން މައްސަލައަކަށް ނުވާ ކަމަށެވެ. ނަމަވެސް އެހެން ބޭފުޅަކު މިފަދަ އަގުބޮޑު ތަކެތި ބޭނުންކުރުމަކީ މައްސަލައަކަށްވާ ކަމަށް ފާހަގަކުރެއްވިއެވެ.

މި ބަޔާންތަކުން ދޭހަވަނީ ސަރުކާރު ހިންގާ ޕާޓީން ކުރީގެ ރައީސުންނަށް ދެވޭ އިނާޔަތްތަކާ މެދު ސުވާލު އުފައްދާ، އެކަމަށް ބަދަލު ގެނައުމަށް ވިސްނަމުންދާކަމެވެ. މިއީ ކުރިއަށް އޮތް ތަނުގައި ސިޔާސީ ބަހުސްތަކަށް މަގުފަހިވެދާނެ މައުޟޫއެއް ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.