ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Aug 2024 | 00:39
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ރައީސްގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

މިރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން ރައީސް ޑރ.މުއިއްޒުގެ މިދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވަނީ ދެ ބޭނުންފުޅެއްގައި ކަމަށެވެ. އެއީ ފުޓުބޯޅަ ކުޅުއްވަމުން ދަނިކޮށް ލިބިވަޑައިގަތް އަނިޔާއަކާ ގުޅިގެން ޑޮކްޓަރުންގެ ދެވަނަ ޚިޔާލެއް ހޯއްދެވުމަށާއި، ދެ އަހަރު ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން އާންމު ޗެކަޕެއް ހެއްދެވުމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މީގެ ދެތިން ރޭ ކުރިން އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށެވެ.  އެހެންނަމަވެސް، ސޯޝަލް މީޑިއާގައި ފެތުރިފައިވާ ޚަބަރުތަކާ ޚިލާފަށް، އެމަނިކުފާނު ހޮސްޕިޓަލަށް ވަޑައިގެންނެވީ ފާޚާނާއަށް ވެއްޓިވަޑައިގެންނެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް، ހަފުތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާ ރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ ވީ ގޮތަކުން ކުޑަ އިންޖަރީއެއް ވީ،" 

ރައީސް މުއިއްޒު ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ރޭވިފައިވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.