މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން: ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ
27 Aug 2024 | 12:13
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ގައުމިއްޔަތާ ޚިލާފުވުމުގެ ދައުވާ އުފުލައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީނަށް އެގައުމުގެ ކުރީގެ ރަސްގެފާނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުލަތުން ގައުމިއްޔަތާ ހިލާފު ވިކަމުގެ ދައުވާ އުފުލާފައިވާކަމަށް މީޑިއާތަކުން ބުނެފިއެވެ.

މުހްޔިއްދީން އަންގާރަ ދުވަހުގެ ހެނދުނު އިރުއުތުރުގެ އަވަށެއް ކަމަށްވާ ގުއާ މުސަންގްގެ ކޯޓަށް ހާޒިރުވެ، ކުށަށް އިއުތިރާފުވެފައިނުވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ދައުވާއަކީ އޭނާގެ ކޮންޒަވޭޓިވް ޕެރިކަޓަން ނޭޝަނަލް ކޯލިޝަނަށް ސްޓޭޓް އިންތިޚާބެއްގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ދެއްކެވި ވާހަކަތަކުގެ ސަބަބުން އުފުލޭދައުވާއެކެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެކަމަށްވެސްވަނީ ބުނެފައެވެ.

މެލޭޝިއާގެ ނޫސްތަކުން ބުނި ގޮތުގައި 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިހާބަށް ފަހު އޭރުގެ ރަސްގެފާނު ސުލްތާން އަބްދުالله ސުލްތާން އަހްމަދު ޝާހު ބޮޑުވަޒީރު ކަމަށް ދައުވަތު ނުދެއްވީ ކީއްވެތޯ މުހްޔިއްދީން ސުވާލު އުފައްދާފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުހްޔިއްދީން ވާހަަކަދައްކަމުން ވިދާޅުވީ ސަރުކާރެއް އުފެއްދުމަށް އޭނާ އަކީ މެމްބަރުންގެ ތާއީދު އޮތް ސިޔާސީ ލީޑަރަކީ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސުލްތާން އަބްދުالله އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ނަމަވެސް އޭނާގެ ދަރިކަލުން މުހްޔިއްދީނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާ ވިދާޅުވީ މުޖްޔުއްދީން ދެއްކީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުން ބައިބައިވެ ޝާހީ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލޭނެ ކަމަށެވެ.

މުހްޔިއްދީން ވަނީ ރޯޔަލްޓީއަށް ފުރައްސާރަ ކުރި ކަމަށް ބުނި ވާހަކަ ދޮގުކުރައްވައި، އޭނާ ދެއްކެވި ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.
މެދު ތެރޭގެ ސްޓޭޓެއް ކަމަށްވާ ޕަހަންގްއަށް ނިސްބަތްވާ އަލްސުލްތާން އަބްދުاللهގެ ބަދަލުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޖޯހޯރުގެ ސުލްޠާން އިބްރާހިމް ސުލްތާން އިސްކަންދަރު ވަނީ އައްޔަނު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.