ނާއިބު ރައީސް ހުސައިން މުހައްމަދު ލަޠީފް: ފޮޓޯ/ ވޮއިސް
ހަބަރު
27 Aug 2024 | 13:28
ޤައުމަށް ދިމާވެފައިވާ ގޮންޖެހުމަކީ ރައްޔިތުން ނޫނެކޭ ބުނި ސަރުކާރެއްގެ ދޯހަޅި ސިޔާސަތުގެ ނަތީޖާ: ނައިބު ރައީސް

ޤައުމަށް މިއަދު ދިމާވެފައިވާ ގޮންޖެހުމަކީ ރައްޔިތުން ނޫނެކޭ ބުނި ސަރުކާރެއްގެ ދޯހަޅި ސިޔާސަތުގެ ނަތީޖާ ކަމަށް ނާއިބު ރައީސް ހުސައިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މި ޤައުމުގެ އިޤްތިސާދާއި އިސްލާމްދީނާއި މުޖުތަމަޢު ހަލާކު ކޮށްލި ވާހަކަ، ތާ އަބަދައް ދައްކަވާނެ ކަމަށާ، އެއީ އެންމެންވެސް އަބަދު ދައްކާނެ ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. 

ރާއްޖޭގަ ދުވަހަކު، ދުވަހަކު ސަރުކާރަކުން ގައުމެއް ހަލާކު ނުކޮށްލާ ވަރަށް އިގްތިސޯދާއި އިސްލާމް ދީނާއި މުޖުތަމައު ހަލާކުކޮށްލި ވާހަކަ ތާއަބަދަށް، އަންނާން އޮތް ޒަމާތަކަށް ދައްކާނެ. އެވާހަކަ މުގައްރިރުގަވެސް ލިޔާނެ. އެވާހަކަ ލެކްޗަރު ހޯލްތަކުގަވެސް ދައްކާނެ. ފޮތްތައްވެސް ލިޔާނެ. އެކި ތަންތަނުގަ މައުރަޒުތަކުގަވެސް ހަދާފަ ބަހައްޓާނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

އެވާހަކަތަކާއި ގުޅިގެން ނާއިބުރައީސް އެކްސްގައި ކިރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ގައުމަށް ދިމާވެފައިވާ ހާލަތަށް ދާންޖެހުނީ އެމްޑީޕީގެ ދޯހަޅި ސިޔާސަތު ތަކުގެ ސަބަބުން ކަމަށެވެ.  

އެހެން ނަމަވެސް، އަދުގެ ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ސާބިތު ކަމާއެކު އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި ރައްޔިތުން އެދޭ ގޮތަށް ދިވެހި ޤައުމު ބިނާކުރެއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.