އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު --
ހަބަރު
27 Aug 2024 | 20:50
ފެނިގެންމިދިޔައީ ސަރުކާރުގެ ތެރޭގައި އޮންނަންޖެހޭ ގުޅުންތައް އެއްވެސް ވަރަކަށް ނެތް މަންޒަރު: ޝާހިދު

މިހާރު ފެނިގެންދަނީ ސަރުކާރުގެ ތެރޭގައި އޮންނަންޖެހޭ ގުޅުންތައް އެއްވެސް ވަރަކަށް ނެތް މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ސަރުކާރުގެ އެތެރޭގެ ގުޅުން ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މިހާރު ފެންނަމުންދަނީ "ރޫޅި، ވަކިވެ، ބަލިކަށިވެފައިވާ ސަރުކާރެއްގެ ސިފަތައް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޝާހިދު މި ވާހަކަތައް ދެއްކެވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ މެދު ސަރުކާރުން ކުރަމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބީއެމްއެލްއާ މެދު ބަޣާވާތްކުރަން އުޅުނު ކަމުގެ ތުހުމަތު ސަރުކާރުން ކުރުމަކީ "ވަރަށް ބޮޑަށް ބޭންކުގެ އަގު ވެއްޓޭނެ ކަމެއް" ކަމަށެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި ބީއެމްއެލްގެ ކާޑުތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ގެނެވުނު ބަދަލު އިޢުލާންކުރުމުން، ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި ބައެއް ވަޒީރުން އެކަން ދިފާޢުކޮށް ވާހަކަދެއްކި ކަމަށެވެ. ނަމަވެސް ފަހުން ސަރުކާރުގެ ރާގު ބަދަލުވެގެން ދިޔައީ ކުއްލިއަކަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ 2023 ވަނަ އަހަރު ރައްޔިތުން ސަރުކާރަށް ފާރަވެރިވުމުގެ ޒިންމާ އެމްޑީޕީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް "ލައްކައަކަށް ވުރެ ގިނަ" ވޯޓު ލިބުމުން އާންމުން ސަރުކާރު ޖަވާބުދާރީ ކުރުވަން ބޭނުންވާކަން އެނގޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.