މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ---
ހަބަރު
27 Aug 2024 | 22:09
މަޖިލީހުގެ މެންބަރުންނަށް މުލިއާގެއިން ފައިސާ ދޭކަމުގެ ތުހުމަތު އަބްދުއްރަހީމް ދޮގުކުރައްވައިފި

މަޖިލީހުގެ މެންބަރުންނަށް މުލިއާގެއިން ފައިސާ ދޭކަމުގެ ދޮގު ތުހުމަތު އަބްދުއްރަހީމް ދޮގުކުރައްވައިފިއެވެ.

މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ ސަރުކާރު ތަމްސީލުކުރާ މެންބަރުންނަށް މުލިއާގެއިން މަހަކު 50,000 ރުފިޔާ ދޭކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ މިރޭ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

މިރޭ ސަންގުޓީވީގައި އަބުދުއްރަހީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސަރުކާރު އުފެދުނު ފަހުން، އަމާޒު ކުރާ ފާޑުކިއުންތަކުގެ ތެރޭގައި މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ތުހުމަތު ކުރި ނަމަވެސް އެކަން އެބޭފުޅުން ދޮގު ކުރައްވާކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ހުރިހާ މަސައްކަތެއް ކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މެމްބަރުން ވަނީ ދެއްވާފައި ކަމުގައެވެ. އެހެންކަމުން މެމްބަރުންނަށް ފައިސާދޭންޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. 

އަބްދުއްރަހީމް ވިދާޅުވީ، ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން 75 މެންބަރުން އެމަނިކުފާނަށްޓަކައި ރައްޔިތުން ހޮއްވަވައި ދެއްވުމުން އެކަން ސާބިތުވާކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"ރައީސް މުޢިއްޒަކީ ރިޝްވަތު ދީގެން މެންބަރުން ގަންނަން އުޅުއްވާ ބޭފުޅެއް ނޫން، އޭގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން 75 މެންބަރުން އެމަނިކުފާނަށްޓަކައި ރައްޔިތުން ހޮއްވަވައިދެއްވުމުން އެކަން ސާބިތުވޭ"

އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ކުރީގެ ރައީސް ޔާމީނާ ތަފާތުވާނެ ކަމަށެވެ. އެމަނިކުފާނަކީ އިންސާނިއްޔަތުކަމާއެކު މުޢާމަލާތްކުރައްވާ، މީހުންނަށް އަޅާލައްވާ ބޭފުޅެއްކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ވެރިކަމަށް ވަޑައިގެން ހުރިހާ އުސޫލެއް ދޫކޮށްލައްވާ ފައިސާ ބައްސަވާނެކަމަށް ނުބެލެވޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.