މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله: ފޮަޓޯ/ ޕީއެންސީ
ހަބަރު
28 Aug 2024 | 11:40
ޕީޖީގެ މަގާމަށް އަޅުގަނޑުގެ ގާތް މީހަކު ގެންނާކަށް ނޫޅެން: އަބްދުއްރަހީމް

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ މަގާމަށް ގާތް ބޭފުޅަކު ގެންނަން ހުށަހަޅުއްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް އެ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައި، ކޮމިޓީން އެކަން ފާސްކޮށް، ސަރުކާރުގެ އަގުލަބިއްޔަތު އޮންނަ މަޖިލީހުން ވަނީ އޭނާ އެ މަގާމުން ވަކިކޮށްފައެވެ. 

އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އަބްދުއްރަޙީމްގެ ދަނބިދަރިކަލުން މަގާމަށް ހަމަޖެއްސުމަށް އެމަނިކުފާނު އެދިލައްވާފައިވާ ކަމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. އެގޮތުން، ކުރީގެ ރައީސް ޔާމީންވެސް ވަނީ އެފަދަ ތުހުމަތު ތަކެއް ކުރައްވާފައެވެ. އަދި އަބްދުއްރަހީމް އެފަދައިން މަސައްކަތް ކުރަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގެންފައިވާތީ މައްސަލަ ތަހުގީގުކޮށްފާނެތީ ކަމަށްވެސް  ޔާމީން ތުހުމަތު ކުރެއްވިއެވެ.

އެކަމާއި ގުޅޭގޮތުން، "ސަންގު ޓީވީ" އަށް ރޭ ދެއްވި ޚާއްސަ ބަސްދީގަތުމުގައި ސުވާލުކުރެއްވުން އެމަނިކުފާނު ވަނީ އެކަން ދޮގު ކުރައްވާފައެވެ. 

"އަޅުގަނޑު ލޮބީއެއް ނުކުރަން. އަނެއްކަމަކީ އެ ބޭފުޅުންނަށް ހީވަނީ ވަކި ބޭފުޅަކު، މިސާލަކަށް އަޅުގަނޑާ ގުޅުން އޮތް ބޭފުޅަކު އެ މަގާމަށް އަތުވެދާނެއޭ. އެއީ އެވަރުގެ އިލްމީ ގާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމަތާ އެ ޝައްކު އުފައްދަން ޖެހޭނީ.”

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އެފަދައިން ވާހަކަ ދައްކަވަނީ އެމަނިކުފާނާއި ގާތް ބޭފުޅަކު ޕީޖީކަމަށް އައިސްފިނަމަ ރައީސް ޔާމީންގެ މައްސަލަގެ ސްޕީޑް ބާރުކޮށް ކުރިއަށް ހިނގައިދާނެ ކަމުގެ ބިރުހީފުޅުވެގެން ކަމަށެވެ.

އަދި އަބްދުއްރަހީމްގެ އެމްއެމްޕީއާރުސީގެ މައްސަލަ ބަލައިފާނެތީ ޖެހިލުންވެ ވަޑައިނުގަންނަވާ ކަމަށާ އެމައްސަލައިގައި އެމްނިކުފާނުގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ނުކޮށްދެވޭނެ ކަމަށް 100 ޕަސެންޓް ޔަގީންކަން ދެއްވާ ކަމަށެވެ.

“އަޅުގަނޑަށް ހެޔޮ ޔާމީން ޕީޖީގެ މަގާމަށއ ގެނަޔަށް. މަލީހު އެ މަގާމަށް ގެނަޔަސް. ޖަމީލު ގެނަޔަސް މައްސަލައެއް ނެތް. އަދުކުވެރި އިންސާފުވެރި ޝަރީއަތެއް ހިންގައިފި ނަމަ އެމްއެމްޕީއާރްސީ މައްސަލައެއްނޫން އެހެން މައްސަލައެއްގައުވެސް ސާބިތުކުރެވޭނެ ކުށެއް ކޮށްފައެއް ނޯންނާނެ. ދެން ޕީޖީގެ މަގާމަށް އަޅުގަނޑުގެ ގާތް މީހަކު ގެންނާކަށް މަސައްކަތެއް ނުކުރަން.” އަބްދުއްރަޙީމް ވިދާޅުވިއެވެ.

ކޮމެންޓް
އަޑިކޮންނަ
މިހާރުދެން ފުދޭވަރުވީހެންހީވަނީ. ގާތްމީހުނަށް ވަޒީފާތައްދީ ނިމުނީކަން ނޭންގެއެންނު.
28 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.