އދ.ގެ ނިއުކްލިއާ ވޮޗްޑޮގްގެ ވެރިޔާ ޖެނެރަލް ރަފައެލް ގްރޮސީ
ދުނިޔެ
28 Aug 2024 | 16:04
ޔޫކްރެއިންއާ ހަނގުރާމަ ހޫނުވެ ރަޝިއާގެ ނިއުކްލިއާ ޕްލާންޓަށް ނުރައްކާ އެބް އޮތް: އދ

ރަޝިޔާއާއި ޔޫކްރެއިންގެ އަސްކަރިއްޔާއާ ދެމެދު ހިނގަމުންދާ ހަނގުތާމާގައި ރަޝިޔާގެ ހުޅަނގުގައި ހުންނަ ނިއުކްލިއަރ ޕްލާންޓަށް މިސައިލާއި ޑްރޯން އަދި އާޓިލަރީއިން ޔޫކްރެއިނުން ހަމަލާދީފިނަމަ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ނުރައްކާ އޮތް ކަމަށް އދ.ގެ ނިއުކްލިއާ ވޮޗްޑޮގްގެ ވެރިޔާ ބުނެފި އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގެ ޑިރެކްޓާ ޖެނެރަލް ރަފައެލް ގްރޮސީ ވަނީ މިދިޔަ އަންގާރަދުވަހު ރަޝިއާގެ ކުރުޗަޓޯވް އަވަށުގެ ބޭރުގައި ހުންނަ ކުރުސްކް ނިއުކްލިއާ ޕަވާ ޕްލާންޓަށް ޒިޔާރަތް ކުރައްވައިފަ އެވެ.

"ނިއުކްލިއާ އެކްސިޑެންޓެއް ހިނގުމުގެ ނުރައްކާ ނުވަތަ ފުރުސަތު މިތާ ކައިރީގައި ވަނީ އުފެދިފައި،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގްރޮސީ ވިދާޅުވި އެވެ.

ގްރޯސީ ވިދާޅުވީ 1986 ވަނަ އަހަރު ދުނިޔޭގައި ހިނގި އެންމެ ނުރައްކާތެރި ނިއުކްލިއާ ކާރިސާ ހިނގި ޔޫކްރެއިންގެ ޗޯނޯބައިލް ޕްލާންޓުގައިކަމަށެ.

އަދި ރަޝިޔާގެ މި ނިއުކްލިއަރ ޕްލާންޓަކީވެސް ޔޫކްރެއިންގެ ޗޯނޯބައިލް ޕްލާންޓް ހަދާފައިވާ މޮޑެލްއެއް ކަމަށްވާ އާރްބީއެމްކޭ ވައްތަރުގެ ފެސިލިޓީގައި ޒަމާނީ ނިއުކްލިއާ އިންޖީނުގެތަކަށް ހާއްސަ ކޮންޓެއިންމަންޓް ޑޯމް އާއި ޕްރޮޓެކްޓިވް ސްޓްރަކްޗާ ނެތް ޕްލާންޓެއްކަމަށް އޭނާވަނީ ބުނެފައެެވެ.

އެހެކަމުން، މިބާވަތުގެ ނިއުކްލިއަރ އިންޖީނުގެއެއް، ކޮންޓެކްޓް ޕޮއިންޓަކާ ނުވަތަ އަސްކަރީ ފްރަންޓަކާ އެހާ ކައިރީގައި އޮތުމަކީ، އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލައިގަންނަ ވަރަށް ސީރިއަސް މައަސަލައެއްކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން

އދ.ގެ ނިއުކްލިއާ ވޮޗްޑޮގްގެ ވެރިޔާ ޖެނެރަލް ރަފައެލް ގްރޮސީ

ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މިދިޔަ ހަފުތާގައި ކުރުސްކް ޕްލާންޓަށް ހަމަލާ ދޭން ޔޫކްރެއިން އިން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަމަވެސް ޔޫކްރޭނުން ފެސިލިޓީއަށް ހަމަލާދިން ކަމަށް ކުރާ ތުހުމަތުތަކަށް އަދި ޖަވާބެއް ދީފައެއް ނުވެއެވެ.

"ޑްރޯންގެ ގެ ސަބަލުން ލިބުނު ގެއްލުމުގެ މައުލޫމާތު އަޅުގަނޑަށް ލިބުނީ. އޭގެ ސަބަބުން ކުރި އަސަރުގެ ނިޝާންތައް އަޅުގަނޑަށް ދެއްކި." ޒިންމާވާން ޖެހޭ ފަރާތެއް ނުބުނެ ގްރޯސީ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.