ޔޫކްރެއިން އިން ދިން ހަމަލާގެ ސަބަބުން ރަޝިޔާގެ ތެޔޮ ރައްކާކުރާތަނެއްގައި ރޯވެ އަންދަނީ:ފޮޓޯ/އަލް-ޖަޒީރާ
ދުނިޔެ
28 Aug 2024 | 17:21
ޔޫކްރެއިންގެ ޑްރޯން ހަމަލައަކާ ގުޅިގެން ރަޝިއާގެ ރޮސްޓޮވްގެ ތެޔޮ ޑިޕޯއެއްގައި އަލިފާންރޯވެއްޖެ

ޔޫކްރެއިން ރަޝިއާއަށް ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން ރަޝިއާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ރޮސްޓޯވްގައި ހުރި ތެޔޮ ޑިޕޯއެއްގައި އަލިފާން ރޯވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ބުދަ ދުވަހު ރަޝިޔާގެ ސަރަހައްދީ ގަވަރުނަރު ވަސިލީ ގޯލޫބެވް ވަނީ ރޭގަނޑު ހަމަލާދިންކަން ކަށަވަރުކޮށްދެއްވަމުން ޓެލެގްރާމް މެސެޖެއްގައި ވިދާޅުވީ ރޯސްޓޯވްގެ ކަމެންސްކީ ޑިސްޓްރިކްޓްގެ ޑިޕޯގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަޔަރ ފައިޓަރުން ކުރަމުން އަންނަ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްއޭނާވަނީ ބުނެފައެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން މީގެ ކުރިން ބުނެފައިވަނީ އެއާ ޑިފެންސް ޔުނިޓްތަކުން ތެޔޮ ޑިޕޯއަށް ދިން ހަމަލާގެ ގެ މައުލޫމާތު ދީފައި ނުވާކަމަށާއި ރޭގަނޑު އެ ސަރަހައްދުގެ މަތިން ހަތަރު ޑްރޯން ނައްތާލާފައިވާ ކަމަށެވެ. 

ރަޝިއާގެ ސަލާމަތީ ހިދުމަތްތަކުގެ ޓެލެގްރާމް ޗެނަލުން ބުނި ގޮތުގައި ތެޔޮ ޑިޕޯއަށް ދެ ޑްރޯން ވެއްޓި ތިން ޓޭންކެއް ދަނީ އަނދަމުންނެވެ.

ޔޫކްރެއިންއިން ދިން ހަމަލާއަކީ ރަޝިޔާގެ ހަކަތައިގެ އިންފްރާސްޓްރަކްޗާއަށް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ރަޝިޔާގެ ތެލާއި ގޭސް ފެސިލިޓީތަކަށް އެންމެ ފަހުން ދިން ހަމަލާއެކަމަށްވެސް މީޑިއާތަކުންވަނީ ބުނެފައެވެ.
ޔޫކްރެއިންގެ ބޯޑަރާ ގާތްގަނޑަކަށް 200 ކިލޯމީޓަރު (125 މޭލު) ދުރުގައި އޮންނަ ތެޔޮރައްކާކުރާ ތަނަށް ދިން ޑްރޯން ހަމަލާއާ ގުޅިގެން އޮގަސްޓް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރޮސްޓޮވްގެ ސިޓީއެއް ކަމަށްވާ ޕްރޮލެޓާސްކްގައި ހުންނަ ތެޔޮ ރައްކާކުރާ ފެސިލިޓީއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ދަނީ ހިނގަމުންދާކަމަށްވެސްވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.