ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ކ) ރަޝިޔާގެ ސަފީރު ލިވާން (ވ)
ހަބަރު
28 Aug 2024 | 22:03
މައުމޫނުގެ ޕޯސްޓަކާމެދު ރަޝިޔާގެ ސަފީރު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރަޝިޔާއިން ޔޫކްރެއިނަށް ދޭ ހަމަލާތަކާ ގުޅޭގޮތުން ކުރެއްވި ޕޯސްޓަކާ މެދު ރަޝިޔާގެ ސަފީރު ލިވާން ޖަރްކަވާ ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

މައުމޫން އިއްޔެ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި، ރަޝިޔާއިން ޔޫކްރެއިނަށް ދެ ދުވަހެއްގެ މައްޗަށް ވައިގެ ހަމަލާ ދީފައިވާކަމަށް ބީބީސީން ރިޕޯޓުކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

މިއަދު ރަޝިޔާ އެމްބަސީގެ ފޭސްބުކް ޕޭޖުގައި ޕޯސްޓެއް ކުރައްވައި، ސަފީރު ލިވާން ވިދާޅުވެފައިވަނީ މައުމޫނުގެ އެ ޕޯސްޓަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި އެފަދަ ޕޯސްޓެއް ކުރެއްވުމުގެ ކުރިން ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފަށަން ޖެހުނު ސަބަބު ބައްލަވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ސަފީރު އިތުރަށް ވިދާޅުވެފައިވަނީ ޔޫކްރެއިނުގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ކިބައިން ނާޒީންގެ ސިފަތައް ފެންނަމުންދާ ކަމަށާއި، ޔޫކްރެއިނުގެ ރައީސްގެ ސަބަބުން އެ ޤައުމުގެ ދޮންބާސް ސަރަހައްދުން ގިނަ އަދަދެއްގެ އާންމުން މަރުވެދިޔަ ކަމަށެވެ. އަދި މިކަންކަމާ މެދު މައުމޫން ކަންބޮޑުވުން ފާޅުނުކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައިވެއެވެ.

ސަފީރު އިތުރަށް ފާހަގަކުރައްވާފައިވަނީ، ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްހަވެރި އެއްބަސްވުމަކާ ހަމައަށް ދެވުނު ކަމަށާއި، ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތުން މަޝްވަރާތަކުގެ ތެރެއަށް ވަދެ، ހަމަލާތައް ކުރިއަށް ގެންދަން ޔޫކްރެއިނުގެ ރައީސަށް އިރުޝާދު ދިން ކަމަށެވެ.

މި ޕޯސްޓުގައި ސަފީރު ވަނީ، ހުޅަނގުގެ މީޑިއާތަކުން ގެންގުޅޭ ފަދަ ތަފާތުކުރުންތައް ނުގެންގުޅުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްތީނުގެ ދިފާއުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އުފަލާއެކު ފާހަގަކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އަލިބެ ހުޅުމާލެ
މިވެރިންނާއި ހެދި ދުއްޕާނަކަށް ވެއްޖެއެވެ. ވެރިކަމުން ބާލާފައި މުސާރަދީފައި ރޯދަމަހުގެ ހަނދުބަލަން ބެހެއްޓީމާވެސް ހުރިހާ ކަމަކަަށް އަނގަ ބާނަނީއެވެ. ބަލަ ކާމިނީ ވެރިކަން ނިމިއްޖެއެވެ. ގައުމު ހަލާކުކޮށްލާފައެވެ.
28 Aug 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.