ޖަޕާން: ފޮޓޯ/ އަލް-ޖަޒީރާ
ދުނިޔެ
29 Aug 2024 | 13:19
ޖަޕާނުގެ ދެކުނުގައި އުފެދުނު ތޫފާން ޝަންޝަންގެ ސަބަބުން އެ ސަރަހައްދުން ކަރަންޓު ކެނޑިއްޖެ

ޖަޕާނުގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ތޫފާން ޝަންޝާންގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެ، މިލިއަނެއްހާ ގޭބިސީގެ ހަތަރުބައިކުޅަ އެއްބައި ގޭބިސީއަށް ކަރަންޓު ކެނޑިފައިވާ ކަމަށް މީޑިއާ ރިޕޯޓިތަކުން ބުނެފިއެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ ގަޑިއަކު 252 ކިލޯމީޓަރު (157 މޭލު) ބާރުމިނުގައި ވައިގަދަވެ ބޯކޮށް ވާރޭ ވެހިފައިވާ މި ތޫފާން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރު ކިއުޝޫ އައިލެންޑްގެ ސަޓްސުމަސެންޑާއީ ސިޓީ ކައިރިއަށް އަރާފައިވާ ކަމަށެވެ.

އަދި 24 ގަޑިއިރުގެ ތެރޭގައި ކިއުޝޫއަށް 60 ސެންޓިމީޓަރު (23.6 އިންޗި) ގެ ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ޕަބްލިކް ބްރޯޑްކާސްޓަރު އެންއެޗްކޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަގޯޝިމާ އާއި މިއާޒާކީ ޕްރިފެކްޗާތަކުގައި އެކަކު ގެއްލި 39 މީހިންވަނީ ޒަހަމްވެފައެވެ.

"އަހަރެމެންގެ ގެ ރަނގަޅު، އެކަމަކު މިއާޒާކީގައި ތޫފާނެއް އައިސް ބައެއް ތަންތަނުން ކަރަންޓް ކެނޑިއްޖެ. މިއީ ކަންބޮޑުވާ ކަމެއް،" އޭއެފްޕީ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި އުމުރުން 18 އަހަރުގެ ދަރިވަރު ބުނެފައިވެއެވެ.

ޖަޕާން ޓައިމްސް އިން ބުނީ އޮއިޓާ ޕްރިފެކްޗާގެ ޔޫފޫ ސިޓީގެ މިޔަކަވާ ކޯރުގެ އައްސޭރި ފަޅައިގެން ދިއުމާ ގުޅިގެން ލެވެލް 5 ގެ އިމަޖެންސީ އެލާޓް ނެރެފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.