ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތު އެގްރިމެންޓުގައި ސޮއި ކުރުން: ފޮަޓޯ/ ދަނޑުވެރިކަމާބެހޭ ވުޒާރާ
ހަބަރު
29 Aug 2024 | 16:25
11 މިލިއަން ރުފިޔާއަށް ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީއެއް ތަރައްގީކުރަން އެއްބަސްވުމުގައި ސޮއިކޮށްފި!

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތު އެގްރިމެންޓުގައި މިއަދު ސޮއިކޮށްފިއެވެ.

11 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވެންޒާ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑްއެވެ.

އެކުންފުނީގެ ފަރާތުން މި އެގްރިމެންޓުގައި ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ހާނިސް މޫސާއެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓަރ ޑރ. އައިޝަތު ރަމީލާއެވެ. 

މިކަމާއި ގުޅިގެން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޤައުމީ ފެންވަރުގައި ޤާއިމްކުރާ މިލެބޯޓްރީ ފެސިލިޓީ ބިނާކުރަނީ "ޕްލާންޓް ޕެތޮލޮޖީ، އެންޓޮމޮލޮޖީ، ސޮއިލް ސައިންސް އަދި ޕްލާންޓް ޓިޝޫ ކަލްޗަރ" ޚިދުމަތް ފޯރުކޮށްދެވޭނެ ފެންވަރަށް ކަމަށެވެ.

އަދި މި މަސަައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ނިންމާ ޙަވާލުކުރަން އެއްބަސްވެފައިވާއިރު، ލެބޯޓްރީ ފެސިލިޓީއިން ވީހާވެސް އަވަހަކަށް ޚިދުމަތްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައިން ވާންޖެހޭ ތައްޔާރީތަކުގެ ބޮޑު ބައި، އެކި މަޝްރޫޢުތަކުގެ އެހީގައި މިހާރުވެސް މިނިސްޓްރީން ނިންމާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. 

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތު އެގްރިމެންޓުގައި ސޮއި ކުރުން: ފޮަޓޯ/ ދަނޑުވެރިކަމާބެހޭ ވުޒާރާ

އެގޮތުން، މި ފެސިލިޓީގައި ހިމެނޭ ސޮއިލް ސައިންސް ލެބޯޓްރީއަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި UNDPއިން ކުރިއަށް ގެންދާ ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގ ސަސްޓެއިނަބަލް އިކޮނޮމީ މަޝްރޫޢު އިން ކަމަށާ، ފެސިލިޓީގައި ހިމެނޭ އެހެން ލެބޯޓްރީތަކަށް ބޭނުންވާ އާލާތްތައް ހޯދާފައިވަނީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމްއިންކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިހުރިހާ ތަކެއްޗެއްވެސް  ފުވައްމުލަކަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.  

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ބުނީ މި ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ 4 ލެބޯޓްރީގައި ޓެކްނީޝަނުންގެ ގޮތުގައި 8 މުވައްޒަފުން، އަދި ލީޑް ސައިންޓިސްޓުން ޙަރަކާތްތެރިވާން ހަމަޖެހިފައިވާއިރު، މުވައްޒަފުން ނެގުމަށް އިސްކަންދިނުމަށް ހަމަޖެހިފައިވަނީ ފުވައްމުލައް ސިޓީއިން ކަމަށެވެ. އަދި މުވައްޒަފުން ނެގުމާއި ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯލްޑް ބޭންކްގެ އެހީގައި އެ ވުޒާރާއާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށް ގެންދާ މަޝްރޫޢަކުން ކަމަށްވެސް ބުންޏެވެ.

ފުވައްމުލައް ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތު އެގްރިމެންޓުގައި ސޮއި ކުރުން: ފޮަޓޯ/ ދަނޑުވެރިކަމާބެހޭ ވުޒާރާ

މީގެ އިތުރުން، ލެބޯޓްރީ މަސައްކަތު އެގްރިމެންޓުގައި ސޮއިކުރުމަށް މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މިމަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާގޮތް ވިލަރެސްކޮށް، ކޮންޓްރެކްޓަރުގެ މަސައްކަތްތަކަށް ފަހި ކޮށްދިނުމަށް ފުވައްމުލަކު ސިޓީ ކައުންސިލާއެކު ވެސް ސޮއި ކޮށްފައެވެ.

މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ސޮއިކުރެއްވި މި އެއްބަސްވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤްއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިޔާއާއި މުޚާތަބު ކުރައްވައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިލެބޯޓްރީ ފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ޚިދުމަތް ދޭން ފެށުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ލެބޯޓްރީން ދެވޭ ޚިދުމަތްތަކުން ރާއްޖޭގެ ދަނޑުވެރިކަމަށް އެދެވޭ ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދުކުރާކަމަށެވެ. 

ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯޓްރީއެއް ޤާއިމްކުރުމަކީ ސިޓީ ކައުންސިލްއާއި ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށާއި މިލެބޯޓްރީގެ ސަބަބުން ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ އެންމެހާ ދަނޑުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރާކަމަށް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާއީލް ރަފީޤުވަނީ ވިދާޅުވެފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.