އެމްޑީޕީ ---
ހަބަރު
29 Aug 2024 | 20:25
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ "ސީސީސީ+" އިން "ސީސީ" އަށް ދަށްކޮށްފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިއީ ވޭތުވެދިޔަ 3 މަހުގެ ތެރޭގައި ދެވަނަ ފަހަރަށް، އަދި އެއްފަހަރާ 3 ދަރަޖަ ތިރިއަށް ކްރެޑިޓް ރޭޓިންގ ދަށްކުރުމެކެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިހާރުގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން މާލީ ހާލަތު އިންތިހާއަށް ގޯސްވަމުންދާ ކަމަށެވެ. މާލީ ހާލަތު ގޯސްވަމުންދާކަން ރަމްޒުކޮށްދޭ ކަންކަމުގެ ތެރޭގައި ދައުލަތުގެ ޚަރަދު ބޮޑުވުމާއި، މާލީ އިސްލާހުތައް ލަސްކުރުމާއި، ރާއްޖޭގެ ރަސްމީ ރިޒާވް މެނޭޖްނުކުރެވި ދަށަށް ދިއުމާއި، ބޭރުން ފައިސާ ހޯދުމަށް ނުކުޅެދިފައިވުން ހިމެނޭ ކަމަށް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

އަސްކަރީ ޑްރޯންތަކަށް 37 މިލިއަން ޑޮލަރު ކަނޑައެޅުމާއި ޕްލޭން ނުކުރާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް އަނބުރާ ދެއްކުން ފަދަ ޒަރޫރީ ނޫން ޚަރަދުތަކުގައި ބައިވެރިވުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން، ރާއްޖޭގެ މާލީ ޙާލަތު އިތުރަށް ގޯސްވެފައިވާކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ފަތުރުވެރިކަމަށާއި އިޤްތިސާދަށް ވަނީ ގެއްލުން ލިބިފައެވެ. ޚާއްޞަކޮށް އިންޑިއާއާއެކު އޮތް ގުޅުން ހީނަރުވުމުގެ ސަބަބުން ރާއްޖެއަށް އިންޑިއާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވެފައިވާ ކަމަށް ބުނެފައިވެއެވެ.

އެމްޑީޕީން ސަރުކާރަށް ގޮވާލާފައިވަނީ މި ނުރައްކާތައް ކުޑަކުރުމަށް ވަގުތުން ފިޔަވަޅު އަޅަން ފެށުމަށެވެ. މީގެ ތެރޭގައި ބޭކާރު ޚަރަދުތައް ހުއްޓައިލުމަށާއި މާލީ އިސްލާހުތައް އަވަސް ކުރުމަށާއި، ރަހުމަތްތެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށް ގޮވާލާފައިވެއެވެ. އަދި ދައުލަތުގެ މާލީ ހިސާބުތައް ޢާންމު ކުރުމަށް އަލުން ފެށުމަށާއި ރައްޔިތުންނަށް ތެދު ހާމަކުރުމަށްވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.

އަވަހަށް ފިޔަވަޅު ނޭޅިއްޖެނަމަ، މާލީ ހާލަތު އިތުރަށް ދަށަށް ދިއުމާއި، ކްރެޑިޓް ރޭޓިންގ އިތުރަށް ދަށަށް ދިއުމާއި، އަދި އިޤްތިޞާދީ ހާލަތު އިތުރަށް ހީނަރުވުމުގެ ނުރައްކާ ބޮޑުކަންވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ކައިދާ
ޙޭބަލިވެދާނެ ދައުލަތުގެ ޚަޒާނާ ހުސްކޮށްލާ ގައުމު ދަރުވާލާފަ ތިބެ މިގޮވަނީ ކޮން ގޮވެއްޔެއްބާ.
29 Aug 2024
ގުޅޭ ލިޔުންތައް
29 Jun 2026
ފުލުހުންނަށް ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދޭނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުލުހުންގެ ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަން ފާހަގަކުރައްވާ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.
29 Jun 2026
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް
ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 7 ފުލުހަކަށް، ކުލަ 20 ފުލުހަކަށް ވަނީ އަރުވާފަ އެވެ.
29 Jun 2026
ޑްރަގް ވިޔަފާރި ހިންގާ މީހުންނަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް
ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
28 Jun 2026
ހިދުމަތުގައި 25 އަހަރުވެ ވަކިވާ ފުލުހުންނަށް ބޭސްފަރުވާ ހަމަޖައްސަައިދެނީ
ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
28 Jun 2026
އޭސީސީގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާޙު ކޮށްފި
މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
28 Jun 2026
އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ޒަމީލް ހޯދައިފި
ދެކުނު ކޮރެއާ ތަމްސީލުކުރި މުޙައްމަދު ޒަމީލް ޒިހުނީ އުރީދޫ ނޭޝަން ކަޕް 2026 އީ-ސްޕޯޓްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި 8،000 ރުފިޔާއާއި ހައިސެންސް ޓީވީ އިނާމަށް ހޯދައިފި އެވެ.
28 Jun 2026
އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި
އެމްއޭސީއެލް އިން އެންޑީއެމްއޭ އާއި އެމްއެމްއެސް އަދި އެމްއާރްސީ އާ އެކު ވެލާނާ އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމަށް ފަހުމުނާމާގައި ސޮއިކޮށްފި
28 Jun 2026
ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ދެ ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނީ، މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ހިންގި އޮޕަރޭޝަންގައި، އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކުރިއިރު 15 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.