މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އިހުސާން މައުލޫމާތު ދެއްވަނީ. --ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ
ހަބަރު
29 Aug 2024 | 21:38
ތަހުގީގެއް ކުރަން ފެށުމަކީ އަދި ގޮތެއް ނިންމުމެއްނޫން: ދާހިލީ ވަޒީރު

ތަހުގީގެއް ކުރަން ފެށުމަކީ އަދި ގޮތެއް ނިންމުމެއްނޫން ކަަމަށާއި، ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ފުލުހުން ކުރަން ޖެހޭ ތަހްޤީޤު ކުރާންޖެހޭނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، ފުލުހުން މައްސަލައެއް ތަހުގީގު ކުރަން ފެށުމަކީ ގޮތެއް ނިންމުމެއް ނޫން ކަމަށާއި، ތަހުގީގުގެ ނަތީޖާއަށް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސަރުކާރެއް ވައްޓާލަން ގޮވާލުމަކީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބަލަން އެ ސަރުކާރު އިންތިޚާބު ކުރި ރައްޔިތުން ބޭނުންވާނެއެވެ. މިފަދަ ތުހުމަތެއް ކުރެވިއްޖެނަމަ، ފުލުހުންގެ އިދާރާއިން ތަހުގީގު ކުރާނެ ކަމަށާއި، އެކަށީގެންވާ ތަހުގީގެއް ކޮށްގެން މެނުވީ މިކަމުގެ ޖަވާބު ނުދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެ މައްސަލަ ތަހުގީގު ކޮށްފައި ކަމެއް އޮތިއްޔާ ފިޔަވަޅު އަޅާނެ، ނެތިއްޔާ ނެތް ވާހަކަ ވެސް ރައްޔިތުންނަށް ސާފު ކޮށްދޭނެ،" 

އިހުސާން ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ޕޮލިސް ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލަން ފަށާފައިވާ ކަމަށް ފާހަގަކުރައްވައި، މިފަދަ ކަންކަން ނުކުރުމަށް އިހުސާން އެދިވަޑައިގަތެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސިޔާސީ ކަންކަން ކުރުމުގެ ތެރެއަށް މޯލްޑިވްސް ޕޮލިސް ސާވިސް ނުބާނާ. ސިޔާސީ ރެޓަރިކް ތެރެއަށް ސިޔާސީ ނެރެޓިވް ތެރެއަށް ސިޔާސީ ވާހަކަތަކުގެ ތެރެއަށް ދައުލަތުގެ މިފަދަ ޔުނިފޯމް މުއައްސަސާތައް ނުވައްދާ،" 

އޭނާ ވިދާޅުވިއެވެ.

އަދި ދައުލަތާ ދެކޮޅު ކަމެއް ހިނގާ ކަމުގެ މަޢުލޫމާތު ލިބުމުން ފުލުހުން ތަހުގީގު ކުރާނެ ކަމަށާއި އެއީ ހާސްވާން ޖެހޭ ކަމެއް ނޫން ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލަ ދިމާވި ދުވަހު "ގިނަ އިއްތިފާގުތަކެއް އެއްފަހަރާ ހިނގި" ކަމަށް ފާހަގަކުރައްވައި، ބޭންކް އޮފް މޯލްޑިވްސްއިން ނިންމުމެއް ނިންމާފައިވަނީ އިތުރު ބޯޑު ބައްދަލުވުމެއް ބޭއްވުމަށް ގަޑިއިރުތަކެއް ކުރިން ކަމަށާއި، އެ ދަނޑިވަޅާ ދިމާކޮށް ޕެއިޑް ސާވިސްތަކާއި ސޯޝަލް މީޑިއާ ބޮޓްތަކަކުން މީހުން މަގުމައްޗަށް ނެރެން ގޮވާލި ކަމަށް އިހުސާން ވިދާޅުވިއެވެ. މީގެ އިތުރުން، ހަމަ އެވަގުތު ސިޔާސީ ޕާޓީއަކުން ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ފާހަގަކުރެއްވިއެވެ.

"އެއްފަހަރާ އެ ހުރިހާ އިއްތިފާގެއް ދިމާވުމުން ސުވާލު އުފެދޭ،" އިހުސާން ވިދާޅުވިއެވެ. މި ހުރިހާ ކަމެއް އެއްފަހަރާ ހިނގުމާ ގުޅިގެން، މައްސަލައިގެ ޙަޤީޤަތް ހޯދުމަށް ތަޙުޤީޤެއް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.