ރައީސް މުޢިއްޒު ސިނަމާލެ ބްރިޖުގެ މަސައްކަތް ބައްލަވާ ލައްވަނީ
ހަބަރު
30 Aug 2024 | 12:24
މުއްދަތަށްވުރެ ކުރިން، ބަޖެޓަށްވުރެ ބޮޑުނުވެ ބްރިޖު ނިންމާލެވުމަކީ ރައީސް މުޢިއްޒުގެ ލީޑަރޝިޕްގެ ހެއްކެއް: ޑރ.މުއްޠަލިބު

ސިނަމާލެ ބުރިޖު ނިންމަން ކަނޑައެޅި ތާރީޚުގެ ކުރިން، އެ ކަމަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް ޚަރަދު ނުކޮށް މަސައްކަތް ނިންމައިލުމަކީ އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑާޝިޕް ދައްކުވައިދޭ ހެއްކެއް ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖު ހުޅުވުނުތާ 6 އަހަރު ފުރުން ފާހަގަކޮށް ވަޒީރު މުއްޠަލިބު އެކސްގައި ކުރެއްވި ޕޯސްޓެއް ވިދާޅުވީ، ވިދާޅުވީ ސިނަމާލެ ބްރިޖަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ބޮޑު ބަދަލެއް ގެނެސްދިން މަޝްރޫޢެއް ކަމަށެވެ.

އަދި މި މަޝްރޫޢު ކުރިއަށް ގެންދެވުނީ ޗައިނާގެ އެހީގައި ކަމަށާއި، މިއީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އައު ދޮރެއް ހުޅުވާލި މަޝްރޫޢެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއްޠަލިބު ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ ދާއިމީ ނިޝާނެކެވެ. އަދި މި މަޝްރޫޢު ވަނީ ކަނޑައެޅުނު މުއްދަތަށްވުރެ ކުރިން އަދި ބަޖެޓަށްވުރެ ބޮޑުނުވެ ނިންމާލެވިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެ މަޝްރޫއު ބަޖެޓުގެ ތެރެއިން، ނިންމަން ކަނޑައެޅި ތާރީޚުގެ ކުރިން ނިންމައިލުމަކީ އޭރުގެ ހައުސިން މިނިސްޓަރު، މިހާރުގެ ރައީސް ޑރ. މުއިއްޒުގެ ލީޑާޝިޕް ދައްކުވައިދޭ ހެއްކެއް،" ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ. 

2018 ވަނައަހަރުގެ އޮގަސްޓުމަހު 30 ވަނަ ދުވަހުގެރޭ ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ހަވާ އަރުވައި ލޭޒަރ ލައިޓްގެ ކުލަގަދަ ހަރަކާތްތަކާއި އެކުއެވެ. ތިން އަހަރާއި 11 މަސްދުވަހުން ނިންމާލެވުނު މި ބުރިޖަކީ ރާއްޖޭގައި މިހާތަނަށް ހިންގި އުމްރާނީ ތަރަށްޤީގެ އެންމެ ބިޔަ އެއް މަޝްރޫއެވެ. 

ސިނަމާލެ ބުރިޖުގެ މަސައްކަތަކީ ރައީސް ޔާމީންގެ ވެެރިކަމުގައި 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ބުރިޖެކެވެ. އޭގެ ތެރެއިން 126 މިލިއަން ޑޮލަރަކި ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.