ގާތްގަނޑަކަށް 13 މިލިއަން ބަންގްލާދޭޝް މީހުން ބޭރު ޤައުމުތަކުގައި މަސައްކަތްކުރަމުންދޭ ---
ދުނިޔެ
30 Aug 2024 | 21:32
ބަންގްލަދޭޝަށް ފާއިތުވި 28 ދުވަސްތެރޭގައި 2 ބިލިއަނަށް ވުރެގިނަ ޑޮލަރުގެ ރެމިޓެންސް

ބަންގްލަދޭޝަށް ފާއިތުވި 28 ދުވަސްތެރޭގައި 2 ބިލިއަނަށް ވުރެގިނަ ޑޮލަރުގެ ރެމިޓެންސް ލިބިފައިވާ ކަމަށް އެގައުމުގެ މަރުކަޒީބޭންކުން ބުނެފިއެވެ. 

ބަންގްލަދޭޝްގެ ބޭރުގައި ދިރިއުޅޭ އެގައުމުގެ ރައްޔިތުން ފޮނުވާ ފައިސާ (ރެމިޓެންސް) އިތުރުވާން ފަށާފައިވާކަމަށް ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ބުނެފައިވާއިރު، މިހިނގާ އޯގަސްޓް މަހުގެ 28 ދުވަހުގެ ތެރޭގައި ބޭރުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ވަނީ 2.07 ބިލިއަން ޑޮލަރު ރެމިޓެންސްގެ ގޮތުގައި، ރަސްމީ ޗެނަލްތައް މެދުވެރިކޮށް އެގައުމަށް ފޮނުވާފައި ކަމަށް މަރުކަޒީ ބޭންކުން ވަނީ ބުނެފައެވެ.

ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ބުނެފައިވާގޮތުގައި 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ މި މުއްދަތުގައި ރެމިޓެންސްގެ ގޮތުގައި ލިބިފައިވަނީ 1.43 ބިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ނަމަވެސް، 2024 ވަނަ އަހަރުގެ ޖުލައި މަހު ބަންގްލަދޭޝަށް ލިބުނު ރެމިޓެންސްގެ މިންވަރު ވަނީ ފާއިތުވި 10 މަސްދުވަހުގެ ތެރެއިން އެންމެ ދަށް މިންވަރަށް ގޮސްފައެވެ. މި ދަށްވުމަކީ މައިގަނޑު ގޮތެއްގައި އެ ޤައުމުގައި ހިނގި ދަރިވަރުންގެ އިހުތިޖާޖުތަކާ ގުޅިގެން އައި ދައްވުމެއް ކަމަށް އެބޭނުންކުވަނީ ލަފާކޮށްފައެވެ.

މި ހަރަކާތްތަކާ ގުޅިގެން ޖުލައި 19 އިން 23 އަށް ބޭންކުތައް ބަންދުކުރެވުނެވެ. އަދި 5 ދުވަހުގެ މުއްދަތަކަށް ބްރޯޑްބޭންޑް އިންޓަނެޓް ކަނޑާލެވި، 10 ދުވަހުގެ މުއްދަތަކަށް މޮބައިލް އިންޓަނެޓް ވެސް ކަނޑާލެވުނެވެ.

ބޭރު ފައިސާގެ ޚަޒާނާ އިތުރުކުރުމަށްޓަކައި ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ވަނީ އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ފާއިތުވި މަދު މަސްތަކެއްގެ ތެރޭގައި ރެމިޓެންސްގެ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ބަންގްލާދޭޝްގެ އެތައް މިލިއަން ރައްޔިތުން ބޭރު ޤައުމުތަކުގައި ވަޒީފާ އަދާކުރަމުންދެއެވެ. ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2022 ވަނަ އަހަރުގެ ނިޔަލަށް ގާތްގަނޑަކަށް 13 މިލިއަން ބަންގްލާދޭޝް މީހުން ބޭރު ޤައުމުތަކުގައި މަސައްކަތްކުރަމުންދެއެވެ. މީގެ ތެރެއިން ގިނަ މީހުން މަސައްކަތްކުރަނީ މެދު އިރުމަތީގެ ޤައުމުތަކާއި، ދެކުނު އޭޝިޔާގެ އެހެނިހެން ޤައުމުތަކުގައެވެ.

މި މަސައްކަތްތެރިންގެ ތެރޭގައި ޢިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތެރިންނާއި، ގޭގެ މަސައްކަތު މީހުންނާއި، އަދި އެހެނިހެން ދަށް ފަންތީގެ މަސައްކަތްތެރިން ހިމެނެއެވެ.

މި މަސައްކަތްތެރިންގެ ފޮނުވާ ފައިސާއަކީ ބަންގްލާދޭޝްގެ އިޤްތިޞާދަށް ވަރަށް މުހިންމު އާމްދަނީއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.