މެކްސިކޯގެ ޑްރަގް ލޯޑު އޮސިއެލް ކާޑެނާސް
ދުނިޔެ
31 Aug 2024 | 09:12
ޒެޓާސް އުފެއްދި މެކްސިކޯގެ ޑްރަގް ލޯޑް އެމެރިކާގެ ޖަލުން ދޫކޮށްލައިފި

 އަލްޓްރާ-ވައިލެންޓް ޒެޓާސް އުފެއްދި މެކްސިކޯގެ ޑްރަގް ލޯޑް އެމެރިކާގެ ޖަލުން ދޫކޮށްލާފައިވާކަމަށް މީޑިއާރިޕޯޓުތަކުން ބުނެފިއެވެ

އޮސިއެލް ކާޑެނާސް އެމެރިކާޖަލުން ދޫކޮށްލާފައިވަނީ މިދިޔަ ހުކުރުދުވަހުގައެވެ.

ގަލްފް ކާޓެލްގެ ކުރީގެ ލީޑަރު ކާޑެނާސް އަކީ މެކްސިކޯގެ ހަލަބޮލި ދުވަސްވަރު ހިނގި އެންމެ ނުރައްކާތެރި ގޭންގް މާރާމާރީތަކުގެ  ބޮޑަކަށްހުރި މީހާއެވެ.

މަސްތުވާތަކެތީގެ ވަގުފާރި ކުރާކަމުގެ ތުހުމަތުވެސް އޭނާގެ ބޮލުގައިވަނީ އަޅުވާފައެވެ.

ކާޑެނާސް އުފެއްދި ޒެޓާސް އަކީ ކުރީގެ އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ މައްޗަށް އެކުލެވިގެންވާ ގަލްފް ކާޓެލްގެ ހަތިޔާރު އެޅި ގޮފި ބައެކެވެ.

2003 ވަނަ އަހަރު ހިނގި ބަޑީގެ ހަމަލާތަކަށްފަހު އޭނާ ހައްޔަރުކުރުމަށްފަހު 2007 ވަނަ އަހަރު އެމެރިކާއަށް ފޮނުވާލާފައިވެއެވެ. އޭނާ 25 އަހަރަށް ޖަލަށް ލާން ހުކުމް 2010 ވަނަ އަހަރު ކިރިކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އެމެރިކާގެ ޕްރިޒަން ސާވިސްގެ ތަރުޖަމާނަކު ރޮއިޓާސްއަށް ވިދާޅުވީ ކާޑެނާސް ދޫކޮށްލީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސީއީ)ގެ ބެލުމުގެ ދަށަށް ކަމަށެވެ.

އޭގެ ފަހުން ޒެޓާސް އަމިއްލައަށް އުފެދުނު އިރު، މެކްސިކޯގެ އެންމެ ނުރައްކާތެރި ކުށުގެ ވެށީގައި ކުޑަ ދުވަސްކޮޅަކަށް ވެ، ޒެޓާސް އޮތްކަމަށްވެސް މީޑިޔާތަކުންވަނީ ބުނެފައެވެ.

ކާޑެނާސް މެކްސިކޯއަށް ފޮނުވާލާނެ ކަމެއް ނުވަތަ އެމެރިކާގެ ބަހައަޓާނީ ކަމެއް އަދި ސާފެއް ނުވެ އެވެ.

އެމެރިކާގެ ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލާދީ އެމެރިކާގެ ނިއުސް ނެޓްވޯކް އެންބީސީން ބުނީ ބައިޑަންގެ ސަރުކާރުން އަންނަ ހޯމަ ދުވަހު ކާޑެނާސް މެކްސިކޯއާ ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

އައިސީއީގެ ތަރުޖަމާނު ވިދާޅުވީ، އޮންޑިއާނާގެ ޓެރޭ ހައުޓޭގައި ހުންނަ އައިސީއީގެ ބެލުމުގެ ދަށަށް ކާޑެނާސް ގެންގޮސްފައިވާކަމަށެވެ. އަދި އޭނާ ހުރީ އައިސީއީ އެންފޯސްމަންޓް އެންޑް ރިމޫވަލް އޮޕަރޭޝަންސް އޮފިސަރުން ގެ ބެލުމުގެ ދަށުގައި ކަމަށްވެސް ވަނީ ބުނެފައެވެ.

އޭނާ އަދި ހުރީ އައިސީއީގެ ބެލުމުގެ ދަށުގަ އެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.