އަތުހަރު
ހަބަރު
31 Aug 2024 | 18:13
ޝަރީއަތް ނިމެންދެން އަތުހަރު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި

އަންހެނަކަށް ވަޅިން ބިރުދައްކައި ރަހީނުކުރި އާދަމް އަތުހަރު، ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އަތުހަރު ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަތުހަރު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މިދިޔަ ބްރާސްފަތި ދުވަހުގެ ރޭ އަންހެނަކަށް ވަޅިން ބިރުދެއްކުމުގެ އެ ހާދިސާގައި އަތުހަރަށް ލިބުނު އަނިޔާތަކަށް ފަރުވާހޯދުމަށްފަހު އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ބްރާސްފަތި ދުވަހުގެ ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާގައި އަތުހަރުގެ ލޯބިވެރިޔާކަމަށް ބުނާ އަންހެން މީހާއަށް ވަޅިން ބިރުދެއްކުމުގެ ކުރިން އެކި ފަހަރުމަތިން އަތުހަރު ވަނީ އޭނާއަށް އަނިޔާކޮށްފައެވެ. އޭގެ ފަހުން އަތުހަރު ވަނީ އަންހެންމީހާއަށް ވަޅިން ބިރުދެއްކުމަށްފަހު ސައިކަލުގައި އޭނާ ދާން ބޭނުންވާ ތަނަށް ދިއުމަށް މަސައްކަތްކޮށްފައެވެ. އޭރުވެސް ފުލުހުން ދިޔައީ އަންހެންމީހާ ސަލާމަތްކުރުމަށް އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ.

ނަމަވެސް، ވަކި ހިސާބަކުން ފުލުހުން ވަނީ ހުށިޔާރުކަމާއެކު އަންހެންމީހާ ސަލާމަތްކޮށްފައެވެ. މިކަމުގެ ތެރޭގައި ދެމީހުންނަށް އަނިޔާވެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އަންހެންމީހާއަށް މާބޮޑު އަނިޔާތަކެއް ނުލިބެއެވެ. އަތުހަރަށް ލިބުނު އަނިޔާތަކާ ގުޅިގެން އެންމެފުރަތަމަ އޭނާއަށް ފަރުވާދީފައިވަނީ އޭޑީކޭއަށް ގެންގޮސްގެންނެވެ.

އެހެންނަމަވެސް، ހައްޔަރު ކޮށްފައި ހުއްޓާ އޭނާ ހޮޑުލާތީ ފަރުވާދިނުމަށް ފަހުން އައިޖީއެމްއެޗަށް ގެންދިޔައީއެވެ. މި ހާދިސާގައި އަންހެންމީހާ ރަހީނުކުރި އަތުހަރަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަތުހަރު ސަލާމަތްވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އޭނާއަށް ރައީސް އަފްއާމް ދެއްވުމުންނެވެ.

އަތުހަރު އާއި އެ އަންހެންމީހާ ދިރިއުޅެމުން އައީ އެއް ގެއެއްގައެވެ. މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އެއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންނެވެ. ދެމީހުންގެ ދެމެދުގައި ހަމަނުޖެހުން ފެށުނީ ގޭގެ ކުލި ދެއްކުމުގައި އަތުހަރުގެ އެއްބާރުލުން ނުދޭތީއެވެ. އަތުހަރު ވަޒީފާއަކަށް ނުދާއިރު، ހުރިހާ ހަރަދެއް ކުރަން ޖެހެނީ އެ އަންހެންމީހާއަށްކަމަށް ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.